twitterviber whatsapp telegramfacebookyoutube instagram
6th June 2026

ޗައިނާގެ ނަންޖިންގައި ބާއްވާ ޔޫތު އޮލިމްޕިކް ގޭމްސްގައި ކުޅުދުއްފުށީގެ ދުވުންތެރިޔަކު ވާދަކުރަނީ

May 1, 2014

މިއަހަރުގެ އޮގަސްޓް މަހު ޗައިނާގެ ނަންޖިންގައި ބާއްވާ 2 ވަނަ ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަން ރައުންޑްގައި ކުޅުދުއްފުށީގެ ދުވުންތެރިޔަކު ވާދަކުރުމަށް ހަމަޖެހިއްޖެ އެވެ.

މިމުބަރާތުގައި ވާދަކުރާ ކުޅުދުއްފުށީގެ ދުވުންތެރިޔަކީ ހުސެއިން ރިޒާ އެވެ. ރިޒާގެ އިތުރުން ރާއްޖެއިން މިމުބާރާތުގައި ވާދަކުރަނީ ޝަހުދާން ފަހުމީ އެވެ.

މެއި މަހުގެ 21 އަދި 22ގައި ތައިލެންޑްގެ ބޭންކޮކްގައި ބާއްވާ އޭޝިއަން އޭރިއާ ކޮލިފިކޭޝަންގައި ހުސެއިން ރިޒާ ވާދަކުރުމަށް ހަމަޖެހިފައިވަނީ ފިރިހެން ކުދިންގެ 400މ ދުވުމުގައި އެވެ. އަދި ޝަހުދާން ފަހުމީ ވާދަކުރާނީ ފިރިހެން ކުދިން 200މ ދުވުމުގައި ކަމަށް މޯލްޑިވްސް އެތިލެޓިކްސް އެސޯސިއޭސަން މައުލޫމާތުދެ އެވެ.

މުބާރާތުގައި ވާދަކުރާ ޝަހުދާން ވަނީ 2013 ވަނަ އަހަރު ބޭއްވުނު އޭޝިއަން ޔޫތުގޭމްސް އާއި ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. ހުސައިން ރިޒާ ވަނީ 2013 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ.

މިމުބާރާތުގައި ވާދަކުރާ 2 އެތުލީޓުން އަންނަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީގައި އިންޑިއާގައި ތަމްރީންތައް ހަދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355