twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޗެލްސީ އާއި ނޯވިޗް އެއްވަރުވިއިރު އާސެނަލްއަށް މޮޅެއް

May 5, 2014

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ނޯވިޗް ކުޅުނު މެޗް އެއްވަރުވި އިރު އާސެނަލް އިން ވެސްޓް ބްރޮމްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ރޭ ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި ކުޅުނު މެޗުގައި ޗެލްސީގެ ލީގު ހޯދުމުގެ އުއްމީދުތައް ފެނަށް ވެގެން ދިޔައީ ރެލިގޭޝަނުން ސަލާމަތްވުމަށް ހަނގުރާމަ ކުރަމުން އަންނަ ނޯވިޗް ސިޓީއާ 0-0 އިން އެއްވަރުވުމުންނެވެ. މީގެ ކުރިންވެސް ސީޒަނުގެ ފަހުކޮޅު ބޮޑެތި ޓީމުތަކާ ކުޅެ ހައިރާންކުރުވަނިވި ނަތީޖާތައް ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ ޓީމުތައް ނެރެފައިވެ އެވެ.

ޗެލްސީއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތްތަކުގެ ހުރަހަކަށްވީ ގޯލުގެ ދަނޑި އާއި، ނޯޗިޗްގެ ކީޕަރ ރުޑީ އަދި ހީވާގި ކަމާއެކު މަސައްކަތް ކުރަމުން ދިޔަ ކުޅުންތެރިންނެވެ. މީގެ އިތުުރުން ޗެލްސީގެ ތިން ޕެނަލްޓީ އެޕީލެއް މެޗުގެ ރެފްރީ ނީލް ސްވާބިކް ވަނީ ބަލައިނުގެންފަ އެވެ.

އޮލިވިއާ ޖިރޫޑް ޖަހައިދިން ހަމައެކަނި ލަނޑާއެކު އާސެނަލްއިން ރޭ  ވަނީ ވެސްޓް ބްރޮމް 1-0 އިން ބަލިކޮށްފައެވެ. އާސެނަލްއަށް ލީގުގައި ބާކީ އެއް މެޗު އޮތްއިރު މި މެޗުގައި ނުކުންނާނީ ރެލިގޭޝަނުން ސަލާމަތްވުމުގައި އަމިއްލަ ބާރު ގެއްލިފައި އޮތް ނޯވިޗާ ދެކޮޅަށެވެ.

ލީގުގައި މިރޭ ކުޅެވޭ މެޗުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނީ 0000ގަ އެވެ.

ރޭ ސްޕެއިންގެ ލަ ލީގާގައި ލެވަންތޭ އަތުން 2-0 އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު ވެލެންސިޔާ އާއި ރިއަލް މެޑްރިޑް ކުޅުނު މެޗް އެއްވަރުވުމަކީ އެތުލެޓިކޯއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355