ހދ އޭއީސީގެ 2014 ވަނަ އަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ އަދި ނެޓްބޯޅަ މުބާރާާތް އިއްޔެ ފެށިއްޖެ އެވެ.
އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ފެށުނު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޕުލޫޓޯ އަދި ވީނަސް ބައްދަލުކުރިއިރު މިމެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވީނަސް އެވެ. އަދި ދެވަނަ މެޗުގައި މާސް އަދި މާކަރީ ކުޅުނުއިރު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ފުޓްބޯޅަ މުބާރާތާއެކު އިއްޔެ ފެށުނު އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މާސް ހައުސް ގެ މައްޗަށް 7-11 ގެ ސްކޯރ އަކުން މާކަރީ ވަނީ ކުރި ހޯދާފައެވެ. އަދި ދެވަނަ މެޗުގައި ޕްލޫޓޯ އަދި ވީނަސް ކުޅުނުއިރު މި މެޗު 4-2 ގެ ސްކޯރ އަކުން ކާމިޔާބުކުރީ ވީނަސް އެވެ.
މިއަދު ހަވީރު 1600ގައި ފުޓްބޯޅަ މުބާރާތުގައި ޕްލޫޓޯ އާއި ވީނަސް ބައްދަލުކުރާއިރު 1700 ގައި ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ މާކަރީ އަދި މާސް އެވެ. އަދި ނެޓްބޯޅަ މުބާރާތުގައި 1600 ގައި މާކަރީ އަދި މާސް ކުޅޭއިރު 1700 ގައި ބައްދަލު ކުރާނީ ޕްލޫޓޯ އަދި ވީނަސް އެވެ.
ހދ އޭއީސީގެ ޕޯސްޓް ގްރެޖުއޭޓް ޓީޗަރ އަލީ ޝަރީފް މި ނޫހާ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ މިމުބާރާތްތައް ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ކައުންސިލާއި ފެހިދޫލަ އަދި މިސްގާލް ބޮޑުބެރު ގްރޫޕުގެ އިތުރުން ސްކޫލްގެ ހީވާގި ބެލެނިވެރިނާއި ރެފްރީންނަށް ސްކޫލްގެ މެނޭޖްމެންޓްގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.
މި މަހުގެ 5-8 އަށް ކުރިއަށްދާ މި މުބާރާތްތަކުގެ ތެރެއިން ފުޓްބޯޅަ މުބާރާތް ފައްޓަވާދެއްވާ މެޗުތައް ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދެވެ. އަދި ނެޓްބޯޅަ މުބާރާތް ފައްޓަވާ ދެއްވާ މެޗުތައް ޝަރަފުވެރި ކޮށްދެއްވީ ހދ އަތޮޅު ކައުންސިލް މެންބަރު އުއްމުކުލްސޫމް އިބްރާހީމެވެ.