twitterviber whatsapp telegramfacebookyoutube instagram
26th April 2024

މެންޗެސްޓަރ ސިޓީއަށް ލީގު ލިބޭނެ ކަމުގެ އުއްމީދު ބޮޑުވިއިރު ރިއަލް މެޑްރިޑަށް ލީގު ހޯދުމުގެ އުއްމީދު ފަނޑުވެއްޖެ

May 8, 2014

އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ރޭހުގައި މެންޗެސްޓަރ ސިޓީގެ އުއްމީދު ބޮޑުކުރިއިރު ސްޕެއިންގެ ލަ ލީގާ ހޯދުމުގެ އުއްމީދު ރިއަލް މެޑްރިޑަށް ފަނޑުވެއްޖެ އެވެ.

ރޭ އެސްޓަން ވިލާ 4-0 އިން ބަލިކޮށް ސިޓީއިން ވަނީ ޕޮއިންޓް ޓޭބަލްގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދާފަ އެވެ. ރޭގެ މެޗުގައި އެޑިން ޖެކޯ 2 ގޯލް ކާމިޔާބު ކޮށްދިންއިރު ސްޓީވަން ޖޮވެޓިކް އަދި ޔާޔާ ޓޫރޭ ވެސް ވަނީ ލަނޑު ޖަހާފަ އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު އަމިއްލަ ދަނޑުގައި ލީގުގެ ފަހުމެޗުގައި ސިޓީއިން ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލި ނަމަވެސް ސިޓީއަށް ލީގު ލިބޭނެ އެވެ. ސިޓީ މިވަގުތު 83 ޕޮއިންޓާއެކު އެއްވަނާގައި އޮތީ 63 ފައިދާ ގޯލާއެކު އެވެ. އަދި އެންމެ ގާތުން ވާދަ ކުރަމުން އަންނަ ލިވަޕޫލް ދެވަނާގައި އޮތީ 81 ޕޮއިންޓާއެކު ފައިދާ 50 ގޯލާއެކު އެވެ.

ރޭ ލީގުގައި ދެން ކުޅުނު މެޗުގައި ސަންޑަލޭންޑުން ވަނީ 2-0 އިން ވެސްޓް ބްރޮމް ބަލިކޮށް ރެލިގޭޝަނުން ސަލާމަތްވެފަ އެވެ. ގޯލް ޑިފަރެންސަށް ބަލާ ނޯވިޗް، ފުލަމް އަދި ކާޑިފް ސިޓީ މިއަހަރުގެ ލީގުން ރެލިގޭޓްވާނެކަން ވަނީ ގާތްގަނޑަކަށް ޔަޤީން ވެފައެވެ.

ރޭ ސްޕެއިންގެ ލަ ލީގާގައި ވަލަޑޮލިޑްއާ 1-1 އިން އެއްވަރުވެ ރިއަލް މެޑްރިޑަށް ލީގު ހޯދުމުގެ އުއްމީދުވަނީ ފަނޑުވެފައެވެ. މި މެޗުގައި ރިއަލް މެޑްރިޑްގެ ހަމައެކަނި ގޯލް ސާޖިއޯ ރާމޯސް ޖަހާދިންއިރު 9 ވަނަ މިނެޓްގައި ރޮނާލްޑޯ އިންޖަރީވެގެންވަނީ ބަދަލުކޮށްފަ އެވެ.

ސްޕެއިން ލީގުގެ އެއްވަނާގައި އެތުލެޓިކޯ މެޑްރިޑް 88 ޕޮއިންޓާއެކު އޮތްއިރު ދެވަނާގައި 85 ޕޮއިންޓާއެކު އޮތީ ބާސެލޯނާ އެވެ. ރިއަލް މެޑްރިޑް 3 ވަަނާގައި އޮތީ 84 ޕޮއިންޓާއެކު އެވެ. ލީގުގައި ކޮންމެ ޓީމަކަށް ދެ މެޗު އޮތްއިރު ލީގުގެ ފަހު މެޗުގައި އެތުލެޓިކޯ މެޑްރިޑް ނިކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

[yass cats=69]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355