twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުއަންޓަމް ސްޕޯރޓްސް އެވޯޑް 2013 ޖޫން މަހުގެ ތެރޭގައި

May 28, 2014

ކުއަންޓަމް ސްޕޯރޓްސް އެވޯޑް 2013 ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް އިއުލާން ކޮށްފި އެވެ.

ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިން އިންތިޒާމްކުރާ 2013 ވަނަ އަހަރުގެ ސްޕޯރޓްސް އެވޯޑްސް އަކީ ވޭތުވެދިޔަ 2013 ވަނަ އަހަރުގައި ބޭއްވުނު  ފުޓްބޯޅަ މުބާރާތްތަކަށް އަމާޒު ކޮށް ބޭއްވޭ ހަފްލާ އެކެވެ. އެގޮތުން އެވޯޑްތައް ދިނުމުގައި ބަލާ ތިން މުބާރާތަކީ އާދަމް އިސްމާއީލް ލީގު، ޕޮލިސް ޔޫތު ކަޕް އަދި ބޭލާ ކަޕެވެ. މިއީ މުޅިންވެސް 11 އަސައިޑް މުބާރާތްތަކެވެ.

މި ހަފްލާގައި ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން ޑްރީމް ޓީމެއް ހޮވާނެ އެވެ. މިކަމަށްޓަކައި އެކުލަވާލާފައިވާ ހާއްސަ ޕެނަލަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ 5 ކުޅުންތެރިންނަށް ކަނޑައަޅާފައިވަނީ ވޭތުވެދިޔަ އަހަރު ހިރަފުސް އަދި ޓީމް ކޮރަލްސް އަށް ކުޅެފައިވާ ފަރުހަތު މުހައްމަދު ބޮޑުރުއްދޮށުގެ އިތުރުން ޓީމް ކޮރަލްސްއަށް ނިސްބަތްވާ 4 ކުޅުންތެރިން ކަމަށްވާ ޒައިދު މުހައްމަދު އާނިރު، އަހްމަދު ނައީމް ޓޯޓަލްގެ، ފަތުހުﷲ އާދަމް ދިވަރު އަދި އަހްމަދު ދާވޫދު ރޯމާ އެވެ.

ވޭތުވެދިޔަ އަހަރު ބޭއްވުނު މި ތިން މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ކޮރަލްސް އިންނެވެ. އަދި މިއީ މިފަދަ ގޮތަކަށް ކުޅުދުއްފުށީގައި ބޭއްވޭ ފުރަތަމަ އެވޯޑް ހަފްލާ އެވެ. ކުއަންޓަމް ސްޕޯޓްސް އެވޯޑް ތައާރަފްކޮށް އާއްމުކޮށް އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރު އޮތް އާދަމް އިސްމާއިލް ލީގު ފެށިއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355