twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފުނަދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ކުޑަ އިއްބެ ހޮވިއްޖެ

Jun 8, 2014

ފުނަދޫ އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ބޭންކް އޮފް މޯލްޑިވްސްގެ ޓީމުގެ “ކުޑަ އިއްބެ” ހޮވިއްޖެ އެވެ.

ފުނަދޫ ކައުންސިލުން އިންތިޒާމު ކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ފުޓްސަލް މުބާރާތުގައި މިއަހަރު 8 ޓީމު ވާދަކުރި އެވެ. ށ. އަތޮޅު ކައުންސިލާ ދެކޮޅަށް ކުޅެ 8-5 ޔުނައިޓެޑް ބީއެމްއެލް ކުރިހޯދާ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލް އެވެ. މިއީ ޔުނައިޓެޑް ބީއެމްއެލް އިން ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި 2 ވަނަ ފަހަރެވެ. މިއީ މި މުބާރާތް ބޭއްވި ތިންވަނަ ފަހަރެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީއެމްއެލް ޓީމުގެ އިބްރާހިމް ހަސަން (ކުޑަ އިއްބެ) އެވެ. އިއްބެ ވަނީ ފައިނަލް މެޗުގައި 8 ގޯލު ޖަހާފަ އެވެ. އަދި މުބާރާތުގައި ޖުމްލަ 31 ގޯލު ޖަހާ މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމަށްވެސް ހޮވުނީ އިއްބެ އެވެ. މީގެ އިތުރުން މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި އިއްބެ ވަނީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކުވައިދީފަ އެވެ.

“މިއީ ފުނަދޫ ބޭންކު ބުރާންޗުން ދިން ފުރުސަތެއް. މުބާރާތުގައި ރަނގަޅު ކުޅުމެއް ކުޅެވި ޗެމްޕިއަންކަން ލިބުމުން ވަރަށް އުފާވި. ހާއްސަކޮށް ފައިނަލް މެޗުގައި ކުޅެވުނު ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ” މި ނޫހާ މައުލޫމާތު ހިއްސާކުރަމުން އިއްބެ ބުންޏެވެ.

ކުޑައިއްބެ ވަނީ ވޭތުވެދިޔަ އަހަރު ބީއެމްއެލް ގެ އިންޓަރ ޑިޕާޓްމަންޓް މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި ވޭތުވެދިޔަ އަހަރު ކުލްބް މޯލްޑިވްސް ކަޕްގައި ބީއެމްއެލް ގެ ޓީމަށް މޮޅު ކުޅުމެއް ދައްކާފައިވެއެވެ. މީގެ އިތުރުން އެންމެ ފަހުގެ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށީ ޕޮލިސް ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355