twitterviber whatsapp telegramfacebookyoutube instagram
14th October 2026

21 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ކުޅުދުއްފުށީގެ ކުޅުންތެރިއެއް

Jun 29, 2014

ދިވެހިރާއްޖޭގެ 21 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅުދުއްފުށީގެ ކުޅުންތެރިޔެއް ކަމުގައިވާ އަބްދުﷲ އަބޫބަކުރު (ބަކާ) ހޮވިއްޖެ އެވެ.

އުމުރުން 18 އަހަރުގެ އަބްދުﷲ އަކީ މިހާރު ކުޅެމުންދާ ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި ކުޅޭ ބީ.ޖީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ މުހިއްމު ކުޅުންތެރިޔެކެވެ.

އަބްދުﷲ، 21 އަހަރުން ދަށުގެ ޤައުމީ ސްކޮޑަށް ނެގީ ބީ.ޖީ ގައި އޭނާ ދައްކަމުން އަންނަ ހުނަރުވެރި ކުޅުމުގެ ސަބަބުންނެވެ. އޭނާވަނީ މި އަހަރު ބޭއްވުނު 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ބީ.ޖީ ޓީމަށް މޮޅު ކުޅުމެއް ކުޅެދީފަ އެވެ.

އަބްދުﷲ ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ކުއަންޓަމް އެވާޑްސްގެ ޑްރީމް ޓީމުގަވެސް ހިމެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293