twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރޯދަމަހުގެ ތެރޭގައި މުޅި ހަފުތާގައި ކުރާ ހަރަދުގެ 3 ގުނަ ބީއެމްއެލް އިން އަނބުރާ ދެނީ

Jul 2, 2014

“ރޯދަ ވެދުން” ގެ ނަމުގައި މުޅި ހަފުތާގައި ކުރާ ހަރަދުގެ 3 ގުނަ އަނބުރާ ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް އިން ފަށައިފި އެވެ.

ރަމަޟާންމަހަށް ހާއްސަކޮށްގެން ބީއެމްއެލްއިން ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ކަސްޓަމަރުން ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ހޭދަކުރާ އަދަދުގެ ތިން ގުނަ އަނބުރާ ހޯދުމުގެ ފުރުސަތު ލިބިދެ އެވެ.

ޖޫން 26 ން 30 ޖުލައި އާ ހަމައަށް ދެމިގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އެހަފްތާއަކު ވިޔަފާރިކުރުމުގައި ހޭދަކުރި އަދަދުގެ ތިން ގުނަ ލިބޭނެއެވެ. މިގޮތުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000 ހާސްރުފިޔާ އާ ހަމައަށް ކޮންމެ ހަފްތާއަކު ވެސް ލިބިގެންދާނެ އެވެ. އަދި މި ޕްރޮމޯޝަންގެ ފަސް ހަފްތާއަށް ޖުމްލަ 15 ކަސްޓަމަރުން ހޮވޭނެއެވެ.

މި ޕްރޮމޯޝަނުގައި “ގްރޭންޑް ވިނަރ” އެއް ހޮވާ އެ ފަރާތަކަށް 100000ރ ވަނީ ހަދިޔާކުރަންވެސް ވަނީ ހަމަޖެހިފަ އެވެ.

ގްރޭންޑް ވިނަރއެއް ހޮވާއިރު، ޕްރޮމޯޝަންގެ މުއްދަތުގައި ބީއެމްއެލް ކާޑަކުން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިކުރާ ހުރިހާ ފަރާތްތައް ބައިވެރިކުރެވޭނެ އެވެ. ކަސްޓަމަރުން ކާޑު ބޭނުންކުރާ ކޮންމެ ފަހަރަކު މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވުމުގެ ފުރުޞަތު އިތުރުވެގެން ދެ އެވެ. އަދި ހަފްތާގެ ގުރުއަތުން ހޮވޭ ފަރާތެއްވެސް ގްރޭންޑް ވިނަރ އަކަށް ވުމުގެ ފުރުޞަތު ވެސް އޮވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355