twitterviber whatsapp telegramfacebookyoutube instagram
15th July 2026

ޕެރަ ބައިބަލާ ޗެލެންޖުގައި 4 ޓީމުން ބައިވެރިވެއްޖެ

Jul 22, 2014

ފިތުރު އީދުގައި ބާއްވަން ހަމަޖެހިފައިވާ “ޕެރަ ބައިބަލާ ޗެލެންޖު”ގައި 4 ޓީމަކުން ބައިވެރިފައިވާ ކަމަށް އެކަން އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ.

ޕެރަ ބައިބަލާ ޗެލެންޖުގެ ނަމުގައި ކުޅުދުއްފުށީ ޒުވާނުންގެ ބަޔަކާ، މިޝްގާލް ބޮޑުބެރު ގްރޫޕާ ގުޅިގެން އިންތިޒާމުކުރާ މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފިތުރު އީދުގެ ދެވަނަ އީދު ދުވަހުގެ ރޭ އަމީރު އަމީން ސްކޫލް ކުރިމަތީ ހިއްކި ސަރަހައްދުގައެވެ.

ޗެންޕިއަން ޓީމަށް 5000ރ. އަދި ރަނަރަޕް ޓީމަށް 3000ރ. ގެ ފައިސާގެ އިނާމު ހަމަޖެހިފައިވާއިރު މިސްޓަރ ބައިބަލާ އަށް 1000ރ. ފައިސާގެ އިނާމެއް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެންމެ މޮޅު އެތެރެ ކުޅުންތެރިޔާ އާއި އެންމެ މޮޅު ބޭރު ކުޅުންތެރިޔާވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މެއިން ސްޕޮންސަރުންގެ ގޮތުގައި ހިމެނޭ ނަސްރުﷲ އިސްމާއިލް އަދި އަބޫބަކުރު ނިޔާޒްގެ އެހީ ތެރިކަން އެކަން އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355