twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޑްރިބަލް ކަޕް 5 ގެ ޗެމްޕިއަންކަން ވިދެލި ހޯދައިފި

Jul 26, 2014

ޑްރިބަލް ކަޕް 5 ގެ ޗެމްޕިއަންކަން ވިދެލި ހޯދައިފި އެވެ.

ރޭ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފައިނަލް މެޗުގައި ވިދެލި ޗެމްޕިއަންކަން ހޯދީ ޓީމް ފެހިދޫލަ ޕެނަލްޓީއިން 4-3 އިން ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ވިދެލިގެ ކީޕަރ އަހްމަދު ހުސައިން (ގޯންޔޭ) ވަނީ 2 ޕެނަލްޓީ މަތަކޮށްފަ އެވެ. އޭނާވަނީ ސެމީ ފައިނަލް މެޗުގައިވެސް 3 ޕެނަލްޓީ މަތަކޮށް އެ ޓީމު ފައިނަލަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

 މި މެޗުގައި ވިދެލި ޓީމުގެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އަހްމަދު ޤާސިމް (ކުމާ) އެވެ. އަދި ފެހިދޫލަ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އާދަމް ޤާސިމް (ގަންމޮ) އެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މި މުބާރާތުގައި ޖުމްލަ 5 ލަނޑު ކާމިޔާބުކޮށް ރަންބޫޓް ހާސިލް ކޮށްފަ އެވެ

މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަންކަން ހޯދި ވިދެލިގެ ގޯލްކީޕަރ އަހްމަދު ހުސައިން (ގޯންޔޭ)، ވިދެލިގެ އަހްމަދު ޤާސިމް (ކުމާ)، ވިދެލިގެ އަހްމަދު މުހައްމަދު (އިންތި)، ރަނަރއަޕްކަން ހޯދި ފެހިދޫލަ ޓީމުގެ އައްސަދު ޤާސިމް (ޗަދޫ)، ހަމަ އެ ޓީމުގެ އާދަމް ޤާސިމް (ގަންމޮ) އަދި ސްޕީޑް ޓީމުގެ އަހްމަދު ނަދީމް (ޒިންދި) އެވެ. މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމް އޮގީގެ ސާލިމް އަބްދުލް ސައްތާރު އެވެ.

ޖުމްލަ 7 ޓީމު ދެ ގުރޫޕަށް ބަހާލައިގެން މި ޖުލައިމަހުގެ 10 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާ ވަނަވަނައަށް ދިޔަ ފަރާތްތަކަށާއި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައްުންސިލް މެންބަރު އަބްދުލް ލަތީފް ހަސަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355