twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހުސެއިން ރިޒާ 400މ ދުވުމުގައި ވާދަކޮށް 1 ސިކުންތުގެ ކުރިއެރުމެއް ހޯދައިފި

Jul 28, 2014

އެމެރިކާގެ އޮރެގަން ސިޓީގައި މިހާރު ކުރިއަށްދާ އައިއޭއޭއެފް ވޯލްޑް ޖޫނިއަރ ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާ ކުޅުދުއްފުއްޓަށް ނިސްބަތްވާ ހުސެއިން ރިޒާ 400މ ދުވުމުގައި ވާދަކޮށް 1 ސިކުންތުގެ ކުރިއެރުމެއް ހޯދައިފި އެވެ.

މިމަހުގެ 22 ވަނަ ދުވަހު ކުރިޔަށް ދިޔަ 400މ ދުވުމުގެ ފުރަތަމަ ހީޓްގައި 7 އެތުލީޓުންނާއެކު ވާދަކޮށް 52.42 ސިކުންތުން ރިޒާ ދުވުން ނިންމާފައިވަނީ 7 ވަނަ އަށެވެ. ރިޒާ ދުވެފައިވާ 52.42 ސިކުންތުގެ ވަގުތަކީ ރިޒާގެ ޕަރސަނަލް ބެސްޓް ޓައިމް އެވެ. އަދި މިއީ މިއަހަރުގެ މެއި މަހު ރިޒާ ބެންކޮކްގައި 400މ ދުވުނު ވަގުތަށް ވުރެ 1 ސިކުންތު އަވަސް ވަގުތެކެވެ.

މެއި މަހު ބެންކޮކްގައި ބޭއްވުނު ޔޫތު އޮލިމްޕިކް ގޭމްސް ކޮލިފިކޭޝަންގައި ރިޒާ 400މ ދުވެފައިވަނީ 53.43 ސިކުންތުންނެވެ.

ރިޒާއަކީ 400މ ދުވުމުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޔޫތު އެތުލީޓަކަށްވާއިރު ރިޒާ އެންމެ ފުރަތަމަ ބައިނަލް އަގުވާމީ މުބާރާތެއްގައި ވާދަކޮށްފައިވަނީ 2013ވަނަ އަހަރުގެ ނޮވެމްބަރ މަހު އިންޑީއާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕްގައެވެ. އެމުބާރާތުގައި ރިޒާ 400މ ދުވެފައިވަނީ 55.04 ސިކުންތުންނެވެ.

މި މުބާރާތަށްފަހު ރިޒާ ޖުލައި މަހުގެ 31 ވަނަ ދުވަހު ރާއްޖެ އެނބުރި އަންނަން ހަމަޖެހިފައިވާއިރު އިތުރު ތަމްރީންތަކަށް އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އިންޑިއާއަށް ފުރާގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިމަހުގެ 22 އިން 27 އަށް އެމެރިކާގެ އޮރެގަން ސިޓީގައި ކުރިއަށްދާ މި މުބާރާތަށް ހުސައިން ރިޒާ ހޮވިފައިވަނީ މުބާރާތަށް ހާއްސަކޮށްގެން ބޭއްވުނު ޓައިމް ޓްރައިލް އިން އެއް ވަނަ ހޯދުމުންނެވެ. މި މުބާރާތުގައި ރިޒާގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ސްޕްރިންޓް ޕޫލް ކޯޗް އަހްމަދު އަޒީލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355