twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޒިގްޒެގް ރަމަޟާން ކަޕް 5 ގެ ޗެމްޕިއަންކަން އަޒްޓެކްސްއިން ހޯދައިފި

Jul 28, 2014

ޒިގްޒެގް ރަމަޟާން ކަޕް 5 ގެ ޗެމްޕިއަންކަން އަޒްޓެކްސް އިން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އަޒްޓެކްސްއިން ޗެމްޕިއަންކަން ހޯދީ ސެވަން ވޮންޑާސްގެ މައްޗަށް 1-0 އިން ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޒްޓެކްސްގެ ޖާޒީ ނަންބަރު 4  މައުމޫން އަބްދުލް ރަހީމް (މާންބެ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަޒްޓެކްސްގެ ޖާޒީ ނަންބަރ 6 އަހްމަދު އަބްދުލް ރަހީމް (އިއްލެ) އެވެ.

ރަމަޟާން މަހާ ދިމާކޮށް ބާއްވަމުން އަންނަ ޒިގްޒެގް ރަމަޟާން ކަޕްގެ  މިފަހަރުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެމްޕިއަން އަޒްޓެކްސްގެ އަހްމަދު އަބްދުލް ރަހީމް (އިއްލެ)، އަލީ ރިޒާ (ލޭކޮކާ)، ރަނަރ އަޕް ޓީމުގެ އަލީ އާދަމް (ބާޑޭ)، އެ ޓީމުގެ ކީޕަރ އަރުޝަދު ރަޝީދު (އަރުކު) އަދި އެސްޓްރެއްލާސް ގެ އަބޫބަކުރު އާދަމް (ބާޑޭ އަބޫ) އެވެ.

ރޯދަ މަހުގެ ހަވީރު ކުޅެވުނު މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ސެވަން ވޮންޑާސްގެ ޝާހީން ބަޝީރު ހޮވިފައިވާއިރު، 13 ލަނޑު ޖަހައިގެން ރަންބޫޓް ހާސިލް ކުރީ އެސްޓްރެއްލާސްގެ މުޖީބު އަލީ އެވެ.

މުބާރާތް ފެށުމުގެ 1 މަސް ދުވަސް ކުރިން ބައިވެރިވުމުގައި ކަނޑައެޅި ޤަވައިދު ކަމުގައިވާ 10 ދުވަހު ރަސްމީ ބޯޅަ ދަނޑަށް ކުޅެން ނުކުމެގެން ނުވަތަ  10 ދުވަހަށް 20 ރުފިޔާގެ މަގުން 200 ރުފިޔާ ލައިގެން ބައިވެރިވެވޭ ގޮތަށް ކުޅުނު މި މުބާރާތުގައި މިފަހަރު 10 ޓީމު ބައިވެރިވެފައި ވާއިރު ކޮންމެ ޓީމެއްގައިވެސް 7 ކުޅުންތެރިން ހިމެނެ އެވެ.

އިއްޔެގެ ފައިނަލް މެޗު ނިމުމުން ވަނަވަނައަށް ދިޔަ ފަރާތްތަކަށާއި އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ މުހައްމަދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355