twitterviber whatsapp telegramfacebookyoutube instagram
27th April 2024

7 ވަނަ ހިރަފުސް ކަޕް ފެށިއްޖެ

Aug 5, 2014

ކުޅުދުއްފުށީ “ހިރަފުސް ދަނޑު”ން އިސްނަގައިގެން ބާއްވާ 7 ވަނަ “ހިރަފުސް ކަޕް” އިއްޔެ ފެށިއްޖެ އެވެ.

މުބާރަތް ހުޅުވުމަށް އިއްޔެ ހިރަފުސް ދަނޑުގައި ކުޅެވުނު މެޗުގައި ބައްދަލުކޮށްފައިވަނީ އެފްސީ ޕޮޓެންޒާ އާއި ފެހިދޫލަ އެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ނެވެ.

ފުރަތަމަ ހާފްގައި ފެހިދޫލައިގެ އަބޫބަކުރު މޫސާ (ދޮނޭ) ލީޑް ނަގައިފައިވަނިކޮށް ދެވަނަ ހާފްގައި މެޗް އެއްވަރުވެފައިވަނީ އެފްސީ ޕޮޓެންޒާގެ އަހުމަދު މުހައްމަދު ޖަހައިދިން ލަނޑަކުންނެވެ.

އެފްސީ ޕޮޓެންޒާގެ އަހުމަދު ދާއޫދު އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު މި މެޗް ޝަރަފުވެރިކޮށްދީފައިވަނީ ސޭމް ސްޕޯޓުގެ ވެރިޔާ އަބުދުލްސަލާމް އަބޫބަކުރެވެ.

މުބާރަތް ހުޅުވައިދެއްވުމުގެ ގޮތުން އަބުދުލްސަލާމް ގައުމީ ދިދަ ނަންގަވައިދެއްވިއިރު ހިރަފުސް ދަނޑުގެ ދިދަ ނަންގައިވައިދެއްވީ އެ ދަނޑަށް ގިނަ ގުނަ ހިދުމަތްތަކެއް ވެދެއްވަމުން އަންނަ ރޯޝަންހާރު، އަހުމަދު ހަސަން، އެވެ.

މުބާރާތުގައި ބައިވެރި ޓީމުތަކުގެ ދިދަތައް ނަގާފައިވަނީ އެ ޓީމެއްގެ ކެޕްޓަނެވެ.

އިލަވަން އަ ސައިޑް މުބާރާތެއްގެގޮތުގައި ކުރިއަށްގެންދާ މި މުބާރާތުގައި 6 ޓީމަކުން ބައިވެރިވެފައިވެ އެވެ.

ނިމިދިޔަ ރަމަޟާންމަހު ހިރަފުސް ދަނޑަށް މަދުވެގެން 5 ދުވަހު ކުޅެންދިޔަ ކުޅުންތެރިންގެ މެދުގައި ޓީމް ބަހައިގެން ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު ސެމީގައި ބައްދަލުކުރާނީ އެންމެ ގިނައިން ޕޮއިންޓް ހޯދި ހަތަރު ޓީމެވެ.

މިއަދު މި މުބާރާތުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ކަޒިރޯލާ އަދި ޓީމް ފިނިހަކަ އެވެ.

މި މުބާރާތް ކުރިއަށްދާނީ އޯގަސްޓް މަހުގެ 4 ން 23 އަށެވެ.

މި މުބާރާތަކީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

[yass cats=100]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355