twitterviber whatsapp telegramfacebookyoutube instagram
18th April 2025

މައިލޯ ކަލާސް އެވޯޑުގެ 18 އަހަރުން ދަށުގެ ބައިން 2 ވަނަ ހުސެއިން ރިޒާއަށް ލިބިއްޖެ

Aug 11, 2014

ސްކޫލްތަކުގެ ދަރިވަރުން ކުޅިވަރު ރޮނގުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވި ފުރަތަމަ “މައިލޯ ކަލާސް އެވޯޑް”ގެ 18 އަހަރުން ދަށުގެ ބައިން ދެވަނަ ހުސެއިން ރިޒާއަށް ލިބިއްޖެ އެވެ.

ދަރުބާރުގެ ގައި ރޭ ބޭއްވި ސްކޫލްތަކުގެ ކަލާސް އެވޯޑްގައި ހުސެއިން ރިޒާއަށް ޝީލްޑް ހަވާލުކޮށް ދެއްވީ މައިލޯގެ ޗެއާމަން އެވެ.ހުސެއިން ރިޒާ އަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އަރަމުން އަންނަ ޒުވާން އެތްލީޓެކެވެ.

ރިޒާއަކީ 400މ ދުވުމުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޔޫތު އެތުލީޓަކަށްވާއިރު ރިޒާ އެންމެ ފުރަތަމަ ބައިނަލް އަގުވާމީ މުބާރާތެއްގައި ވާދަކޮށްފައިވަނީ 2013ވަނަ އަހަރުގެ ނޮވެމްބަރ މަހު އިންޑީއާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕްގައެވެ.އޭގެ ފަހުން ހުސެއިން ވަނީ އެމެރިކާގެ އޮރެގަން ސިޓީގައި ބޭއްވި އައި އޭ އޭ އެފް ވާލްޑް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފަ އެވެ.

ކަލާސް އެވޯޑްގެ އިނާމުތައް ދިނީ މިދިޔަ އަހަރު ދިހަ ކުޅިވަރަކުން ވަނަތައް ހާސިލުކުރި ކުދިންނަށެވެ. އެ ދިހަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ އެތުލެޓިކްސް، ސްވިމިންގް، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ފުޓްބޯޅަ، ކްރިކެޓް، ވޮލީބޯޅަ، ބާސްކެޓްބޯޅަ، ނެޓްބޯޅަ އަދި ޓެނިހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355