twitterviber whatsapp telegramfacebookyoutube instagram
8th July 2025

މެރެޑޯނާ ރިޕޯޓަރެއްގެ ގައިގައި ޖަހައިފި

Aug 17, 2014

އާޖެންޓީނާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މެރެޑޯނާ ރިޕޯޓަރެއްގެ ގައިގައި ޖެހި މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އާންމު ވެއްޖެ އެވެ.

އާޖެންޓީނާގެ ކެޕިޓަލް ސިޓީގައި ހިނގި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެ ރިޕޯޓަރ މެރެޑޯނާގެ ކުރީގެ އަންހެނުންނަށް އެއް ލޯ މެރުމުންކަމަށް މައުލޫމާތުލިބެ އެވެ.

1986 ގައި ވޯލްޑްކަޕް ކާމިޔާބު ކުރި ކެޕްޓަން އޭނާގެ އައިލާއާއެކު އެ ގައުމުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްފަހު ގެއަށް ދިއުމަށް ކާރަށް އެރުމުން އޭނާގެ ސަޕޯޓަރުންނާއި މީޑިޔާ އެ ކާރު ވަށާލާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އޭރު އޭނާއާއެކު އޭނާގެ ކުރީގެ އަނބިމީހާ އަދި ފިރިހެން ދަރިފުޅު ކާރުގައި ތިއްބެވެ.

މެރެޑޯނާއަށް އެ ރިޕޯޓަރުގެ އަމަލުތައް ހުރި ގޮތާއި މެދު ހިތްހަމަ ނުޖެހިގެން އޭނާ ކާރުން ފައިބައި ރިޕޯޓަރު ކައިރިއަށް ގޮސް އެފަދަ އަމަލުތައް ކުރާ ސަބަބު އަހާ ރިޕޯޓަރުގެ ކޮލުގައި އޭނާގެ އަތުން ޖެހުމަށްފަހު ކާރަށް ގޮސް ވަންނަ މަންޒަރުވެސް އެ ވީޑިއޯއިން ފެނެ އެވެ.

“އަހަރެން ކަލެއާ ނުބެހޭއިރު ކީއްވެ ކަލޭ އަހަރެންގެ އަންހެނުންނާ ބެހެނީ” މެރެޑޯނާ ރިޕޯޓަރު ކައިރީ ބުނެފައިވެ އެވެ.

53 އަހަރުގެ މެރެޑޯނާ ވަނީ 1998 ގައި ރިޕޯޓަރެއް އަދި ފޮޓޯގުރާފަރެއްގެ ގަޔަށް ބަޑި ޖެހި މައްސަލައިގައި ދެ އަހަރާއި 10 މަސް ދުވަހަށް ޖަލަށްވެސް ލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355