twitterviber whatsapp telegramfacebookyoutube instagram
24th March 2026

ބަޔާން މިއުނިކް ބަލިކޮށް ޖާމަން ކަޕް ޑޯޓްމަންޑުން ދިފާއުކޮށްފި

Aug 14, 2014

ބަޔާން މިއުނިކު 2-0 އިން ބަލިކޮށް ޖާމަން ސުޕަރ ކަޕް ޑޯޓްމަންޑުން ދިފާއުކޮށްފި އެވެ.

ވޭތުވެދިޔަ ސީޒަނުގައިވެސް ސުޕަރ ކަޕްގައި މި ދެ ޓީމު ކުޅެފައިވާއިރު ވޭތުވެދިޔަ ސީޒަނުގެ ސުޕަރ ކަޕް ޑޯޓްމަންޑުން ކާމިޔާބުކުރީ 4-2 އިންނެވެ.

ވޭތުވެދިޔަ ސީޒަނުގެ ޖާމަން ކަޕް އަދި ޖާމަން ލީގު ހޯދާފައިވާ ބަޔާން މިއުނިކުގެ ފަރާތުން ރޭ ފެނިފައިވަނީ ދަށް ކުޅުމެކެވެ. އެހެން ނަމަވެސް ޖާގަން ކުލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޑޯޓްމަންޑުގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ.

ރޭގެ މެޗުގެ 23 ވަނަ މިނެޓްގައި ޑޯޓްމަންޑްގެ ހިޓަރްޔާން ލީޑު ނަގާފައިވާއިރު އެ ޓީމުން ލީޑު ފުޅާކުރީ މެޗުގެ 62 ވަނަ މިނެޓްގައި އައުބަމެޔާންގް އެވެ. މި ލަނޑު ޖެހުމަށްފަހު އޭނާވަނީ ސުޕައިޑަރ މޭން މާސްކެއް އަޅައިގެން މި ލަނޑުގެ އުފާ ފާޅުކޮށްފަ އެވެ.

ޑޯޓުމަންޑަށް ކުޅެމުން އައި މުހިއްމު ފޯވާޑް ލެވާންޑޯސްކީ ބަޔާންއަށް ބަދަލުވުމަށްފަހު، އޭނާގެ ކުރީގެ ކުލަބުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ޖާމަން ލީގު މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ލީގު ހުޅުވާ މެޗުގައި ބަޔާން މިއުނިކު ނުކުންނާނީ ވޫލްފްސްބާގްއާ ދެކޮޅަށެވެ. އަދި ވޭތުވެދިޔަ ސީޒަނުގައި ބަޔާން މިއުނިކަށްވުރެ 19 ޕޮއިންޓް މަދުން ލީގުގެ ދެވަނާގައި އޮވެ ލީގު ނިންމާލި ޑޯޓްމަންޑުން ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ކުޅޭނީ ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355