twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޗެމްޕިއަން މެންޗެސްޓަރ ސިޓީ މޮޅުވިއިރު، ލިވަޕޫލް ވެސް މޮޅަކާއެކު ލީގު ފަށައިފި

Aug 17, 2014

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީއިން އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކުރިއިރު، ލިވަޕޫލުންވެސް މޮޅަކާއެކު ލީގު ފަށައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން ފުރަތަމަ މެޗުގައި ނިއު ކާސަލްއާ ދެކޮޅަށް ކުޅެ 2-0 އިން މޮޅުވިއިރު، ލިވަޕޫލުން ވަނީ 2-1 އިން ސައުތެމްޕްޓަންގެ މައްޗަށް ކުރިހޯދާފަ އެވެ.

މެންޗެސްޓަރ ސިޓީއިން ލީގު ދިފާޢު ކުރުމަށް ފެށި ރޭހުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދައިދިނީ މި އޯގަސްޓް މަސް ތެރޭ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އާ ކުރި ސްޕެއިންގެ ޕްލޭ މޭކަރ ޑޭވިޑް ސިލްވާ އެވެ. މިއީ މެޗުގެ 39 ވަނަ މިނެޓްގައި އެޑިން ޒެކޯ ބެކް ހީލެއް ޖަހާ ދިން ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ.

އަނިޔާގެ ސަބަބުން ވޭތުވެދިޔަ ސީޒަނުގައި ގިނަ މެޗުތެކެއް ކެޓި ސާޖިއޯ އެގުއޭރޯ ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ ތިން ޕޮއިންޓް ކަށަވަރު ކޮށްދީފަ އެވެ.

ލުއިސް ސުއަރޭޒް ބާސެލޯނާއަށް ވިއްކާލުމަށްފަހު ލިވަޕޫލުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ލިވަޕޫލަށް ވޭތުވެދިޔަ ސީޒަނުގައިވެސް މޮޅު ކުޅުމެއް ދައްކުވައިދީފައިވާ ރަހީމް ސްޓާލިން އެވެ. މިއީ ޖޯޑަން ހެންޑަސަން ދިން ވަރަށް ރީތި ޕާހަކުން ސްޓާލިން ކާމިޔާބު ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއްނުވެ މެޗުގެ 56 ވަނަ މިނެޓްގައި ވަރަށް މޮޅު ވަން ޓޫ ޕާހެއް ޖަހާ ދެ ޑިފެންޑަރުން ކަޓުވާލުމަށްފަހު ސައުތެމްޕްޓަންގެ ކުލައިން ވަނީ ވަރަށް ބާރު ސޮޓަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ނަމަވެސް މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ޑެނިއަލް ސްޓަރިޖް ވަނީ ލަނޑެއް ޖަހާ އެ ޓީމު މޮޅުކޮށްދީފަ އެވެ.

ޑެނިއަލް ސްޓަރިޖަކީ މި ސީޒަނުގައި ސުއަރޭޒް ނެތްތަން ފޫބެއްދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިޔާ ކަމުގައި ވަނީ ބެލެވިފަ އެވެ. އެގޮތުން ވޭތުވެދިޔަ ސީޒަނުގައި ދެވަނަ އަށް އެންމެ ގިނަ  ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސްޓަރިޖެވެ.

މާދަމާ ރޭ މެންދަމު 0000 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މިފަހަރު ލީގަށް އަލުން ޕްރޮމޯޓްވި ބާންލީ އަދި ޗެލްސީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355