twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހިރަފުސް ކަޕްގެ ފުރަތަމަ ބުރުގެ އެއްވަނަ ފެހިދޫލައަށް

Aug 18, 2014

ހިރަފުސް ކަޕްގެ ފުރަތަމަ ބުރުގެ އެއްވަނަ ފެހިދޫލައިން ހޯދައިފި އެވެ.

ފެހިދޫލައަށް އެއްވަނަ ލިބުނީ ފުރަތަމަ ބުރު ނިމުނުއިރު ޖުމްލަ 8 ޕޮއިންޓް ހޯދައިގެންނެވެ. ޖުމްލަ ހަ ޓީމު ވާދަކުރާ ހިރަފުސް ކަޕްގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުނުއިރު ސެމީ ފައިނަލަށް ދަނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

ގޯލުގެ ތަފާތުން 8 ޕޮއިންޓާއެކު ދެވަނައަށް ފިނިހަކަ ދިޔައިރު ގޯލު ތަފާތުން 7 ޕޮއިންޓާއެކު ތިންވަނަ އަށް ދިޔައީ އެލާޓެވެ. ސެމީގެ ފަހު ޖާގަ 7 ޕޮއިންޓާއެކު އެފްސީ ޕޮޓެންޒާ ހޯދިއިރު 5 ޕޮއިންޓާއެކު މުބާރާތުގެ ފަސްވަނައަށް ދިޔައީ ކަށިރޯލާ އެވެ. އަދި 5 ޕޮއިންޓާއެކު މުބާރާތުގެ ފުލަށް ގޮސްފައިވަނީ ފޮސްފަރަސް އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުދަދުވަހު އެއްވަނަ ޓީމު ކަމުގައިވާ ފެހިދޫލައާއި ހަތަރުވަނަ ޓީމު އެފްސީ ޕޮޓެންޒާ ކުޅޭއިރު މުބާރާތް ހުޅުވި މެޗުގައި މި ޓީމު ބައްދަލުކުރި މެޗުވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަދި ބުރާސްފަތި ދުވަހު ދެވަނަ ސެމީ ފައިނަލުގައި ޓީމް ފިނިހަކަ އަދި އެލާޓް ކުޅޭއިރު މި ދެ ޓީމު ފުރަތަމަ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ އެލާޓްގެ ޒައިދު މުހައްމެދެވެ. އޭނާ މިހާތަނަށް ޖުމްލަ 9 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

ޖުމްލަ 96 ކުޅުންތެރިންނާއެކު ކުރިއަށްދާ ހިރަފުސް ކަޕް 7 ގެ ފައިނަލް މެޗު އޮންނާނީ 23 އޯގަސްޓްވާ ހޮނިހިރު ދުވަހުގެ 16:20 ގައި ހިރަފުސް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355