twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަތޮޅު ފުޓްބޯޅަ މުބާރާތުގައި ހއ. އަތޮޅުން 6 ޓީމު އަދި ށ. އަތޮޅުން 7 ޓީމު ބައިވެރި ވެއްޖެ

Aug 21, 2014

އަތޮޅު ފުޓްބޯޅަ މުބާރާތުގައި ހއ.އަތޮޅުން 6 ޓީމު އަދި ށ. އަތޮޅުން 7 ޓީމު ބައިވެރި ވެއްޖެ އެވެ .

ކުޅުދުއްފުށީ އޮންލައިނަން މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ އެ އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ 6 ޓީމު ކަމަށެވެ. އެހެންނަމަވެސް ބައިވެރިވެފަ ވަނީ ކޮން ރަށްތަކުން ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.

ށ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އަރީފް ވިދާޅުވީ އެ އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ 7 ޓީމު ކަމަށެވެ. އެއީ އެ އަތޮޅުގެ ކަނޑިތީމް، ބިލެތްފަހި، ފޭދޫ، ފޯކައިދޫ، މިލަންދޫ، ނަރުދޫ އަދި ފުނަދޫއަށް ނިސްބަތްވާ ޓީމުތަކެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު 6 ވަނަ ދުވަހު ރާއްޖޭގެ ކޮންމެވެސް އެއްކޮޅަކުން ފެށިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަތޮޅު މުބާރާތްތަކުގައި ހދ އަތޮޅުން 8 ޓީމު ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355