twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހިރަފުސް ކަޕްގެ ފައިނަލަށް ފެހިދޫލަ އަދި އެލާޓް

Aug 24, 2014

ހިރަފުސް ކަޕްގެ ފައިނަލަށް ފެހިދޫލަ އަދި އެލާޓް ދަތުރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ފެހިދޫލަ އަދި އެފްސީ ޕޮޓެންޒާ ވާދަކުރި މެޗު ފެހިދޫލައިން ކާމިޔާބުކުރީ 2-0 އިން ފެހިދޫލައިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 63 ވަނަ މިނެޓްގައި އަހްމަދު މުހައްމަދު(މައްޑެ) ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލަދިން ބޯޅައަކުން ފެހިދޫލައިގެ އިތުބާރު ފޯވާޑް އަލީ އާދަމް (ބާޑޭ) އެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 76 ވަނަ މިނެޓްގައި އަލީ އާދަމްގެ ޕާހަކުން އާދަމް އިލްހާމް (އިއްލެ) އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ފެހިދޫލައިގެ އަލީ އާދަމް ހޯދާފައިވާއިރު އޭނާ މި މުބާރާތުގައި ހަތަރު މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާކަން ފާހަގަ ކޮށްލެވެ އެވެ.

މި މެޗުގެ އިތުރު ވަގުތުގައި އެފްސީ ޕޮޓެންޒާގެ ޔާސިރު އިބްރާހިމް އަށް ވަނީ ކުޅިވަރުގެ ރޫހާ ހިލާފު ބަސްތައް ބޭނުންކުރުމުގެ ސަބަބުން ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މި މުބާރާތުގެ ދެވަނަ ސެމީ ފައިނަލް ހޮނިހިރު ދުވަހުގެ ހަވީރު ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކޮށްފައިވަނީ ޓީމް ފިނިހަކަ އަދި އެލާޓް ބައްދަލުކުރި މެޗު 4-3 އިން ކާމިޔާބުކުރީ އެލާޓް އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެލާޓް އިން 3 ލަނޑު ޖަހާ 3-0 ގެ ލީޑެއް ނަގާފައިވަނިކޮށް ޓީމް ފިނިހަކަ އިން ވަނީ ފަހަތުން އަރާ 3 ލަނޑު ޖަހާ އެއްވަރުކޮށްފަ އެވެ. ނަމަވެސް މެޗު ނިމެން 5 މިނެޓަށްވެފައި ވަނިކޮށް މުބާރާތުގައި މިހާތަނަށް 10 ގޯލާއެކު އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ އެލާޓްގެ ޒައިދު މުހައްމަދު ވަނީ އަލުން އެ ޓީމަށް ލީޑު ހޯދައިދީ އެ ޓީމް ފައިނަލަށް ގެންގޮސްދީފަ އެވެ.

މި މެޗުގައި އެލާޓްގެ އެހެން ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 12 ވަނަ މިނެޓްގައި އަނިލް އަހްމަދު، މެޗުގެ 39 ވަނަ މިނެޓްގައި އަބްދުﷲ އަލީ (ބޮޓޭ)، އަދި މެޗުގެ 42 ވަނަ މިނެޓްގައި އަހްމަދު ނަދީމް (ޒިންދި) އެވެ.

ޓީމް ފިނިހަކައިގެ ގޯލްތަކުގެ ތެރެއިން ދެ ލަނޑު ޖަހާފައިވަނީ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދި އަމްޖަދު މުހައްމަދު (ޔެރިކް) އެވެ. އޭނާގެ ގޯލްތައް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަދި މެޗުގެ މެޗުގެ 50 ވަނަ މިނެޓްގަ އެވެ. އަދި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 75 ވަނަ މިނެޓްގައި ހަސަން މުހައްމަދު (ނޫވިލޭ) އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 25 އޯގަސްޓް ވާ ހޯމަ ދުވަހުގެ 16:10 ގައި ހިރަފުސް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355