twitterviber whatsapp telegramfacebookyoutube instagram
25th May 2026

މެންޗެސްޓަރ ޔުނައިޓެޑް އެ ޓީމުގެ ފުރަތަމަ މޮޅުގެ އިންތިޒާރުގައި

Aug 25, 2014

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ރޭ ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނެޓްގައި ޔުނައިޓެޑުންނެވެ. މި ލަނޑު އެ ޓީމަށް ޖަހާފައިވަނީ ވޭތުވެދިޔަ ސީޒަނުގައި ޗެލްސީއިން ޔުނައިޓެޑަށް ބަދަލުވި ހުއާން މާޓާ އެވެ،

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ސަންޑަލޭންޑުންވަނީ މެޗުގެ 30 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މެންޗެސްޓަރ ސިޓީއިން ސަންޑަލޭންޑަށް ބަދަލުވި ޖެކް ރޮޑްވެލް އެވެ.

މި ސީޒަނުގައި ކުޅުނު ދެ މެޗުންވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައިނުވާއިރު އެ ޓީމުން އަންނަނީ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމްއިން ވަނީ ކިއުޕީއާރު 4-0 އިން ބަލިކޮށް ގޯލުގެ ތަފާތުން ތާވަލުގެ އެންމެ ކުރިޔަށް ޖެހިލާފަ އެވެ. އެ ޓީމުގެ ނާސިރު ޗެދްލީ 2 ލަނޑު ޖަހާފައިވާއިރު އެރިކް ޑަޔަރ އަދި އެމަނުއެލް އަޑެބަޔޯ ވެސް ވަނީ ލަނޑު ޖަހާފަ އެވެ.

ރޭ ހަލްސިޓީ އަދި ސްޓޯކް ސިޓީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އިނގިރޭސި ޗެމްޕިއަނުން ކަމުގައިވާ މެންޗެސްޓަރ ސިޓީ މި ރޭ 0000 ގައި ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355