twitterviber whatsapp telegramfacebookyoutube instagram
19th September 2026

ކާޓިއުންސްގެ ފިހާރައެއް ކުޅުދުއްފުށީގައި

Aug 28, 2014

“ކާޓިއުންސް”ގެ ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އެ ފިހާރައިގެ އޮފިޝަލަކު ބުނީ ކާޓިއުންސްގެ ފިހާރައެއް ކުޅުދުއްފުށީގައި ގާއިމުކުރުމުގެ ބޭނުމަކީ ކުޅުދުއްފުށީގެ ވެހިކަލްތައް މަރާމާތުކޮށްދިނުން ކަމަށެވެ.

އަދި ކުޅުދުއްފުށިން ލިބެން ނުހުންނަ ސްޕެޔަރ ޕާރޓްސް މާލެއިން ގެނެސްދިނުމުގެ ހިދުމަތްވެސް ކުރަމުންދާ ކަމަށް އެ ފިހާރައިން މައުލޫމާތު ދިނެވެ.

ވެހިކަލް ބޭރުން ގެނެސްދިނުމުގެ ހިދުމަތްވެސް ދެމުން އަންނަ ކަމަށާއި މިކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި ލުއި ފަސޭހަ ގޮތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށްވެސް އެ ފިހާރައިން މައުލޫމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293