twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޗޮއިސް އެންޑް ޕްލަސް އިން ދޫކުރާ 200ރ. ގެ ޕެކޭޖަށް އައު 8 ޗެނަލް އިތުރުކޮށްފި

Sep 1, 2014

ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ޗޮއިސް އެންޑް ޕްލަސްގެ 200ރ. ގެ ޕެކޭޖަށް އައު 8 ޗެނަލް އިތުރުކޮށް މި މަހު އެ ޗެނަލްތައް ދޫކުރަން ފަށާނެ ކަމަށް ހާމަކޮށްފި އެވެ.

“އެޗް ޑީ އެކްސްޓްރާ” ޕެކޭޖަށް އިތުރު ކުރި އައު 8 ޗެނަލާ ބެހޭ ގޮތުން ޗޮއިސް އެންޑް ޕްލަސްގެ ފަރާތުން ވާހަކަ ދައްވަމުން މުހައްމަދު އަލީ ވިދާޅުވީ 200ރ. ޕެކޭޖަށް 8 ޗެނަލް އިތުރުކޮށްފައި ވަނީ އިތުރު ފީ އެއް ނެގުމަކާ ނުލާ ހިލޭ ކަމަށެވެ. އަދި މިހާރު އެ ޗެނަލްތައް ޓެސްޓް ކުރުމަށްޓަކައި ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އަލަށް އިތުރުކުރަން އަދި ހަމަޖެހިފައިވާ ޗެނަލްތަކަކީ ސްޓާރ އުތްސެވް، ސްޕޯރޓް އެޗްޑީ 1، ސްޕޯރޓް އެޗްޑީ 2، ބެއިން ސްޕޯރޓް، ނެޓް ޖިއޯ މިއުޒިކް، ނެޓް ޖިއޯ ވައިލްޑް، ޓްރޫ ޓީވީ އަދި ޑަބްލިއު ބީ އެވެ. މީގެ ތެރެއިން ބައެއް ޗެނަލްތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފަރާތުން ބުނެ އެވެ.

މި 8 ޗެނަލް އިތުރު ވުމާއެކު އެޗް ޑީ އެކްސްޓްރާ ޕެކޭޖްގައި ޖުމްލަ 64 ޗެނަލް ހިމެނޭނެ އެވެ. ކުރިން އެ ޕެކޭޖްގައި ހިމެނެނީ 56 ޗެނަލެވެ.

ޗޮއިސް އެންޑް ޕްލަސްގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޑިކޯޑަރ އަޕްޑޭޓްކޮށް ނިންމުމަށް އެފަރާތުން އެދެ އެވެ. މިކަމުގެ އެންމެ ބޮޑު މަގްސަދަކީ ޗެނަލްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުނަން ފަސޭހަކަމާއެކު ހިއްސާކުރުން ކަމަށް ޗޮއިސް އެންޑް ޕްލަސްއިން ހާމަކުރެ އެވެ.

ޗޮއިސް އެންޑް ޕްލަސް އަކީ ކުރިން ކޭބަލް ޗޮއިސް އާއި ކޭބަލް ޕްލަސްގެ ނަމުގައި ހިދުމަތް ދެމުންއައި ދެ ކުންފުނި އެއްކޮށްލައިގެން ފަހުން ހިދުމަތް ދޭން ފެށި ކުންފުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355