twitterviber whatsapp telegramfacebookyoutube instagram
14th October 2026

17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ޓީމުގައި ހުސައިން ރިޒާ ހިމެނިއްޖެ

Sep 4, 2014

ސައުތު ކޮރެއާގެ އިންޗޮންގައި ކުރިޔަށްދާ 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ އެތްލެޓިކްސް ޓީމުގައި ކުޅުދުއްފުށީގެ އެތްލީޓެއް ކަމަށްވާ ހުސައިން ރިޒާ ހިމެނިއްޖެ އެވެ.

މިމަހުގެ 19 އިން އޮކްޓޯބަރ 4 ކުރިއަށްދާ މި މުބާރާތުގައި ރިޒާގެ އިތުރުން ހަތަރު އެތްލީޓުންނާއި 2 ކޯޗުން ހިމެނެ އެވެ.

މި މުބާރަތުގައި ހުސައިން ރިޒާ ބައިވެރިވަނީ 400 މީޓަރ ދުވުމުގައެވެ.

ރިޒާގެ އިތުރުން މިޓީމުގައި ހިމެނެނީ ހަސަން ސާއިދު، އަހުމަދު ހަސަން، ހުސައިން އިނާޝް އަދި ޝިފާޒް މުހައްމަދެވެ. އަދި ޓީމުގެ 2 ކޯޗުންގެ ގޮތުގައި އަހުމަދު ފާއިލް އާއި މުހައްމަދު ޝުޖާއު ބައިވެރިވާނެ އެވެ.

މި މުބާރާތައް އެތްލެޓިކްސް ޓީމް ކޮރެޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293