twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ މެދުގައި ފުޓްސަލް މުބާރާތެއް ފަށައިފި

Sep 7, 2014

“ދުޅަހެޔޮ ސިއްޙަތެއް – ދުޅަހެޔޮ ގުޅުމެއް” މި ޝިއާރުގެ ދަށުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ފުޓްސަލް މުބާރާތެއް ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި ސެޕްޓެމްބަރ 5 ވަނަ ދުވަހުގެ ހަވީރު ކޭޕީއެސް އެކްސެލެންސް ކަޕްގެ ނަމުގައި ފެށިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމެއް ބައިވެރިވެފައިވާ ކަމަށެވެ.

މި މުބާރާތުގައި ވާދާކުރާ ޓީމްތަކަކީ އެކައުންޓަބިލިޓީ އާއި އިންޓަގްރިޓީ އާއި ކަރޭޖް އާއި އެޑިއުކޭޝަން އާއި ކޮންޕެޝަންގެ އިތުރުން ރެސްޕެކްޓް ކަމަށާއި މި މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ނަންދީފައިވަނީ 2014 – 2018 ވަނަ އަހަރަށް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ އަސާސްތަކަށް ކަމަށް ފުލުހުން ބުނެ އެވެ.

މިމުބާރާތުގައި ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ޓީމް އިންޓަގްރިޓީ އާއި ޓީމް ކޮންޕެޝަން އެވެ. މި މެޗު 1-7 ން ކާމިޔާބުކޮށްފައިވަނީ ޓީމް ކޮންޕެޝަން އެވެ. މި މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ އެޑިއުކޭޝަން އާއި އެކައުންޓަބިލިޓީ އެވެ. މިމެޗު ވާދަވެރި ކުޅުމަކަށްފަހު 5-4 ކާމިޔާބުކޮށްފައިވަނީ އެކައުންޓަބިލިޓީ އެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކުވެރިކަން އާލާކޮށް ދުޅަހެޔޮ ސިއްހަތެއް ދެމިތިބުމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްދާ މި މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މުބާރާތުގެ ފައިނަލް މެޗުގެ ކުޅުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލައަށް ފަންޑުކޮށްގެން ބާއްވާ މި މުބާރާތުގެ އެކި ވަނަތަކަށް ހޮވޭ ކުޅުންތެރިންނަށާއި ޓީމްތަކަށް ދޭ އިނާމުތައް ހަދިޔާކޮށްފައިވަނީވެސް ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުން ކަމަށާއި މި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ޓްރޮފީ ހަދިޔާކޮށްފައިވަނީ އަޕަރ ނޯތް ޕޮލިސް ޑިވިޒަންގެ ކުރީގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ކަމަށެވެ.

މި މުބާރާތުގައި ކުޅުދުއްފުށީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އަޕަރ ނޯތް ޕޮލިސް ޑިވިޒަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލް އާއި ހދ އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް މުހައްމަދުވެސް ބައިވެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355