twitterviber whatsapp telegramfacebookyoutube instagram
25th May 2026

ހދ އަތޮޅު މުބާރާތުން ވައިކަރަދޫ އިލްހާރު ޖަމިއްޔާ އަދި ނޭކުރެންދޫ އެންޑު ޖަމިއްޔާ ވަކިވެއްޖެ

Sep 18, 2014

މި މަހު ފެށުމަށް ހަމަޖެހިފައިވާ ހދ އަތޮޅު މުބާރާތުން ވައިކަރަދޫ އިލްހާރު ޖަމިއްޔާ އަދި ނޭކުރެންދޫ “އެންޑު” ޖަމިއްޔާ ވަކިވެއްޖެ އެވެ.

މި ނޫހާ މައުލޫމާތު ހިއްސާ ކުރައްވަމުން ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ކޯޑިނޭޓަރ ހުސައިން ޝަޤީފް ވިދާޅުވީ ދެ ޖަމިއްޔާއިންވެސް ރަސްމީކޮށް ވަކިވިކަމުގެ ސިޓީ ހދ އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ވައިކަރަދޫ އިލްހާރު ޖަމިއްޔާއަށް ކުޅެންތިބި ގިނަ ޒުވާނުންނަކީ ސްކޫލުގައި ކިޔަވަމުންދާ ޒުވާނުންނާއި، ރަށުގައި ވަޒީފާ އަދާކުރަމުންދާ ޒުވާނުންނެވެ. އެހެންކަމުން ވަޒީފާއިން ރިލީސް ހޯދުމުގައި ދަތިތަކެއް ހުރުމުންނާއި އަދި އޯލެވެލް ހަދާ ކުދިންނަށް ވުމުން މުބާރާތުން ވަކިވާން މަޖުބޫރުވީ އެވެ.

އެސޯސިއޭސަން ފޯ ނޭކުރެންދޫ ޑެވެލޮޕްމެންޓް (އެންޑު) ޖަމިއްޔާއިން ވަކިވި ސަބަބެއް ހާމަކޮށްފައިނުވި ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ޖަމިއްޔާއިން މި މުބާރާތުން ވަކިވީ އީދު ކުޅިވަރާ މުބާރާތާ ދިމާވާތީ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޓީމް ލިސްޓް ހުށަހަޅަން މުއްދަތު ހަމަވެފައިވާއިރު ޓީމު ލިސްޓް ހުށަހަޅާފައިވަނީ ޖުމްލަ 6 ޓީމަކުންނެވެ. އެއީ ކުޅުދުއްފުށީ ޒިގްޒެގް، ނޮޅިވަރަމް ކުލަބު ތިލަދުންމަތި، ނޮޅިވަރަމް ހުވާސް، ހަނިމާދޫ ސާއްބަ، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އަދި ކުރިނބީ ކުރިމަގު ޖަމިއްޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355