twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އަތޮޅު މުބާރާތަށް ތައްޔާރުވަމުން އަންނަ ކުޅުދުއްފުށި ޓީމުގެ ތިންވަނަ ޕްރެކްޓިސް މެޗު 9-1 އިން ކާމިޔާބުކޮށްފި

Sep 21, 2014

އަތޮޅު މުބާރާތަށް ތައްޔާރުވަމުން އަންނަ ކުޅުދުއްފުށި ޓީމުގެ ތިންވަނަ ޕްރެކްޓިސް މެޗު 9-1 އިން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކުޅުދުއްފުށި ޓީމު ބައްދަލު ކުރީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ އެވެ. މެޗުގެ ކުރީކޮޅު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ރަނގަޅަށް ކުޅުނު ނަމަވެސް ކުޅުދުއްފުށީ ޓީމުން ފަހުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ.

މި މެޗުގައި ކުޅުދުއްފުށީ ޓީމުގެ އަސްޖައު މޫސާ އަދި އަހުމަދު ދާއޫދު ވަނީ ކޮންމެ ކުޅުންތެރިއަކު 3 ގޯލު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޒައިދު މުހައްމަދު 2 ގޯލު ޖަހާފައިވާއިރު އަނެއް ގޯލު ޖަހާފައިވަނީ ފަތުހުﷲ އާދަމް އެވެ. އިއްޔެގެ މެޗުގައި ކުޅުދުއްފުށީ ޓީމަށް ވަނީ 2 ޕެނަލްޓީވެސް ލިބިފަ އެވެ.

މިއީ ކުޅުދުއްފުށީ ޓީމު ކުޅުނު ތިންވަނަ ޕްރެކްޓިސް މެޗެވެ. ފުރަތަމަ މެޗުގައި ނޮޅިވަރަމް ކުލަބު ތިލަދުންމަތި 5-2 އިން ބަލިކުރިއިރު ދެވަނަ މެޗުގައި ހަނިމާދޫ ސާއްބައާ ކުޅެ މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.

ހުކުރު ދުވަހުގެ ރޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސްކޮޑް އިއުލާންކޮށް ޕްރެކްޓިސް ކިޓް ކުޅުންތެރިންނާ ހަވާލުކޮށްދެއްވާފަ އެވެ. ޕްރެކްޓިސް ކިޓް ކުޅުންތެރިންނާ ހަވާލުކޮށްދެއްވީ ޓީމަށް ގިނަ ގޮތްގޮތުން އެހީވަމުން އަންނަ އަދި ޕްރެކްޓިސް ކިޓް ސްޕޮންސާކުރި ސޭމް ސްޕޯޓްސްގެ ވެރި ފަރާތް އަބްދުލް ސަލާމް އަބޫބަކުރެވެ.

މި އަހަރުގެ އަތޮޅު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355