twitterviber whatsapp telegramfacebookyoutube instagram
14th October 2026

ކުޅުދުއްފުށީ ޒިގްޒެގް ޓީމް ކުރިނބީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

Sep 23, 2014

 

ހދ އަތޮޅު ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ކުޅުދުއްފުށީ ޒިގްޒެގް ޓީމު ކުރިނބީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފު ކުރިނބީ ޓީމުން ވަނީ ލަނޑެއް ޖަހާ ކުރިހޯދާފަ އެވެ. ދެވަނަ ހާފު އަރާ މާގިނަ އިރުތަކެއްނުވެ ކުޅުދުއްފުށި ޓީމުން އެއްވަރުކުރި ނަމަވެސް އިތުރު ގޯލެއް ޖަހަން ކުރަމުންދިޔަ މަސައްކަތްވީ ނާކާމިޔާބެވެ. އިއްޔެ މެޗުގައި ކުޅުދުއްފުށީ ޓީމުން ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އަބުދުﷲ (މާވާ) އެވެ.

މިއަދު ހަވީރުވެސް ކުޅުދުއްފުށީ ޓީމު ޕްރެކްޓިސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާރަންދޫ ޔޫތު ސޮސައިޓީއާ އެވެ. މި މެޗު ކުޅޭނީ މިއަދު ހަވީރު 16:00 ގައި ޒޯން ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293