twitterviber whatsapp telegramfacebookyoutube instagram
14th October 2026

ކުޅުދުއްފުށީ ޒިގްޒެގް ޓީމުން 1-0 އިން މާރަންދޫ ބަލިކޮށްފި

Sep 24, 2014

ހދ އަތޮޅު ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ކުޅުދުއްފުށީ ޒިގްޒެގް އަދި މާރަންދޫ ޔޫތު ސޮސައިޓީ ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު 1-0 އިން ކުޅުދުއްފުށީ ޓީމުން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމް 1 ގައި ކުޅުނު މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ޖަހައިދީފައިވަނީ ފުރަތަމަ ހާފުގައި ޒައިދު މުހައްމަދެވެ. މާރަންދޫ ޓީމުން އިއްޔެގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު ކުޅުދުއްފުށީ ޓީމަށް ލިބުނު ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ވަނީ ބޭކާރު ކޮށްލާފަ އެވެ.

މާރަންދޫ ޓީމަށް އިއްޔެގެ މެޗުގައި ދެ ޕެނަލްޓީ ލިބިފައިވާއިރު އެއްވެސް ޕެނަލްޓީއެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ފުރަތަމަ ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު ދެވަނަ ޕެނަލްޓީވަނީ ކުޅުދުއްފުށީ ޓީމުގެ ކީޕަރު މުހައްމަދު އިބްރާހިމް (ޖަގޭ) ދިފާޢުކޮށްފަ އެވެ.

ހދ އަތޮޅު މުބާރާތް މިމަހުގެ 27 ގައި ފެށުމަށް ހަމަޖެހިފައި އޮތްއިރު ކުޅުދުއްފުށީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ނުކުންނާނީ ހަނިމާދޫ ސާއްބަ އެކުވެރި ދިރުމާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293