twitterviber whatsapp telegramfacebookyoutube instagram
14th October 2026

ގުރޫޕް ބީ ގެ ފުރަތަމަ މެޗު ހަނިމާދޫ ސާއްބަ އަށް

Sep 28, 2014

ގުރޫޕް ބީ ގެ ފުރަތަމަ މެޗު ސާއްބަ އެކުވެރި ކުލަބުން ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން ކާމިޔާބު ކުރީ ކުރިނބީ ކުރިމަގު ޖަމިއްޔާއާ ވާދަކޮށް 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސާއްބައިންނެވެ. މިގޮތުން މެޗުގެ 33 ވަނަ މިނެޓްގައި ސާއްބަގެ ޖާޒީ ނަންބަރު 11 އަލީ ހުސައިން ވަނީ ލަނޑެއް ޖަހާ ލީޑު ހޯދައިދީފަ އެވެ. އަދި އޭގެ 7 މިނެޓް ފަހުން ސާއްބަގެ ޖާޒީ ނަންބަރު 5 އަހުމަދު ސަލީމް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފަ އެވެ.

މެޗުގެ ފަހު ހާފު ކުރިނބީ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ސާއްބަގެ ޑިފެންސް ފޫއަޅުވާލައި ފުރަތަމަ ގޯލު ކާމިޔާބުކުރެވުނީ މެޗުގެ 72 ވަނަ މިނެޓްގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިނބީ ޓީމުގެ ޖާޒީ ނަންބަރު 19 އަބްދުﷲ ނަޝީދެވެ. މީގެ އިތުރުންވެސް ކުރިނބީ ޓީމަށްވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މި މެޗުގެ ޝަރަފުވެރި ކޮށްދެއްވާ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ ދިރާގު ކުޅުދުއެފުށީ އޮޕަރޭޝަންސް ސެންޓަރގެ މެނޭޖަރ މުހައްމަދު ހަސަން އެވެ.

މާދަމާ ގުރޫޕް އޭ ގެ މެޗެއް ކުޅޭއިރު މި މެޗުގައި ބައްދަލުކުރާނީ ކުލަބު ތިލަދުންމަތި އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

ފޮޓޯ ގެލަރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293