twitterviber whatsapp telegramfacebookyoutube instagram
14th October 2026

އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ތިލަދުންމަތި ސެމީއަށް

Sep 29, 2014

ހދ އަތޮޅު ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ތިލަދުންމަތި ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ކުލަބު ތިލަދުންމަތި ކާމިޔާބުކުރީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ ވާދަކޮށް 1-0 އިންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ފެނިގެންދިޔައީ މެޗުގެ 34 ވަނަ މިނެޓްގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުލަބު ހުވާސްއާ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޖާޒީ ނަންބަރު 17 ހަމްޒާ އަބޫބަކުރެވެ. މިއީ އޭނާ މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ކުލަބު ތިލަދުންމަތީގެ ޖާޒީ ނަންބަރު 7 ހުސައިން އީސާ (ރައްޖަ) އެވެ. އޭނާވަނީ ވޭތުވެދިޔަ އަހަރު ކުޅުދުއްފުށީގައި ބޭއްވި ބޭލާކަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފަ އެވެ. މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން ބޭންކް އޮފް މޯލްޑިވްސް ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރ ޤާސިމް އަބްދުލް ކަރީމެވެ.

މި މޮޅާއެކު 6 ޕޮއިންޓާއެކު ގުރޫޕް A ގެ އެއްވަނަ ޓީމުގެ ގޮތުގައި ކުލަބު ތިލަދުންމަތި ވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ.

ކުޅުދުއްފުށީ ޒިގްޒެގް އެ ޓީމުގެ ފުރަތަމަ މެޗުގައި މާދަމާ ހަނިމާދޫ ސާއްބައާ ދެކޮޅަށް ނުކުންނާނެ އެވެ. ސާއްބަވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި 2-1 އިން ކުރިނބީ ކުރިމަގު ޖަމިއްޔާ ބަލިކޮށްފަ އެވެ.

ފޮޓޯ ގެލެރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293