twitterviber whatsapp telegramfacebookyoutube instagram
19th April 2025

ކުޅުދުއްފުށީ ޒިގްޒެގް އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި

Sep 30, 2014

އަތޮޅު ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށީ ޒިގްޒެގް އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު ހަނިމާދޫ ސާއްބަ އެކުވެރި ކުލަބާ ވާދަކޮށް ޒިގްޒެގުން މި މެޗު ކާމިޔާބުކުރީ 2-0 އިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ކުޅުދުއްފުށީ ޒިގްޒެގުންވަނީ ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިބްރާހިމް ހަސަން (ކުޑަ އިއްބެ) އެވެ.

ދެވަނަ ހާފު ފަށައިގެން ކުޅުދުއްފުށީ ޓީމުގެ ލީޑު ފުޅާކޮށްފައިވާއިރު މި ލަނޑު އެ ކާމިޔާބު ކޮށްދިނީ އަސްޖައު މޫސާ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ޒިގްޒެގްގެ އަލީ ރިޒާ (ލޭކޮކާ) އެވެ. މެޗު ކުޅެމުން ދިޔައިރު ވާރޭ ވެހުމުގެ ސަބަބުން ދެޓީމަށްވެސް މިމެޗުގައި އަސްލު ގޭމް ކުޅެވިފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް ކުޅޭއިރު މި މެޗުގައި ބައްދަލު ކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ނޮޅިވަރަމް ކުލަބު ހުވާސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355