ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި އަލަށް ކުރިއަށް ގެންދާ ބީޗް ނެޓްބޯޅަ މުބާރާތް މިއަދު ފެށިއްޖެ އެވެ.
އަންހެނުންގެ 7 ޓީމާއި ފިރިހެނުންގެ 4 ޓީމާއެކު ކުރިއަށް ގެންދާ މިމުބާރާތުގައި މިއަދު ވަނީ ޖުމްލަ 5 މެޗް ކުޅުމަށް ހަމަޖެހިފަ އެވެ.
މިއަދު މިހާތަނަށް ކުޅެފައިވާ އަންހެނުންގެ 3 މެޗްގެ ތެރެއިން ފުރަތަމަ ބައްދަލު ކުރި ހޮޓް ޝޮޓާއި ފަތްމިނި މެޗުން 7 – 40 ން މެޗު ކާމިޔާބު ކޮށްފައިވަނީ ހޮޓް ޝޮޓެވެ. ގޮއްޔެ އަދި ކުޅިލައޭ ބައްދަލުކުރި 2 ވަނަ މެޗުން 30 – 34 ން މެޗު ކާމިޔާބުކޮށްފައިވަނީ ގޮއްޔެ އެވެ. މިއަދު ކުޅުނު 3 ވަނަ މެޗު 9 – 24 ން ރިނދަލި ކާމިޔާބުކޮށްފައިވަނީ ކޮރަލް އެންޖަލައިނާ ބައްދަލުކޮށެވެ.
ކުޅުދުއްފުށި ޔޫތު އެންޑް ރިކްރިއޭޝަން ކްލަބުން ބުނީ މިއަދު ކުޅުމަށް ހަމަޖެހިފައިވާ ފިރިހެނުންގެ 2 މެޗު ވަނީ ޓީމުތައް ހާޒިރު ނުވުމުގެ ސަބަބުން ކެންސަލް ވެފަ ކަމަށާއި އެގޮތުން ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވާ ކޮރަލް ވޮލްވޮލައިނާއި ކޮރަލް މަސްޓްލައިންގެ މެޗު ވަނީ 2 ޓީމުވެސް ހާޒިރު ނުވުމުގެ ސަބަބުން ނުކުޅެވިފައެވެ. ނަމަވެސް 2 ވަނަ މެޗުވަނީ ކުޅުމަށް ހަމަޖެހިފައިވާ އެތަންމިތަން ހާޒިރު ނުވުމުގެ ސަބަބުން ޖަލަ ފީނޯ އަށް ލިބިފައެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ބާކީ ހުރިމެޗުތައް މާދަމާ ހެނދުނު އަދި ހަވީރު ވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.