ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބު ހޯދައިފި އެވެ.
ސާއްބައިން ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ތިލަދުންމަތިއާ ވާދަކޮށް 3-2 އިން ކުރިހޯދައިގެންނެވެ.
މެޗު ފަށައިގެން މާގިނައިރުތަކެއްނުވެ ކުލަބު ތިލަދުންމަތީގެ ޒުވާން ފޯވާޑު އަބުދުލްރަހީމް މޫސާ (އައްދު) ވަނީ އެ ޓީމަށް ލީޑު ހޯދައިފީފަ އެވެ. މި ލަނޑު މެޗުގެ ފެނިގެން ގޮސްފައިވަނީ މެޗުގެ 4 ވަނަ މިނެޓްގަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނޮޅިވަރަމްއިން މޮޅަށް ކުޅެފައިވާއިރު ދެވަނަ ހާފުގެ ދެވަނަ މިނެޓްގައި އައްދު ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ.
މެޗު ނިމެން 10 މިނެޓަށްވެފައި އޮތްއިރުވެސް ނޮޅިވަރަމްއިން 2-0 ގެ ލީޑެއް ހޯދައިފައިވީ ނަމަވެސް ހަނިމާދޫ ޓީމުންވަނީ ފަހު 10 މިނެޓްތެރޭ 3 ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި އެ ޓީމުގެ ޖާޒީ ނަންބަރު 11 އަލީ ހުސައިން (ދަގަނޑޭ) ޖަހާފައިވާއިރު އެ ޓީމަށް އެއްވަރުކޮށްދިނީ މެޗުގެ 87 ވަނަ މިނެޓްގައި އެ ޓީމުގެ ޖާޒީ ނަންބަރު 8 ސުހުރާބެވެ. އޭނާވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފަ އެވެ.
ހަނީމާދޫ ޓީމު އެ ޓީމު މޮޅުވި ލަނޑު ޖަހާފައިވަނީ މެޗުގެ 90 ވަނަ މިނެޓްގައި އެ ޓީމުގެ ޖާޒީ ނަންބަރު 7 ހުސައިން ޝަރީފެވެ.
މިއަދުގެ މެޗުގެ 85 މިނެޓުން ފެށިގެން ނޮޅިވަރަމް ޓީމުން ކުޅެމުން ގޮސްފައިވަނީ 10 ކުޅުންތެރިންނާއެކުކަން ފާހަގަކޮށްލެވެ އެވެ. އެއީ ހުރިހާ ބަދަލެއް ހުސްވެފައިވަނިކޮށް އެ ޓީމުގެ ކުޅުންތެރިޔަކަށް އަނިޔާވުމާ ގުޅިގެންނެވެ.
މާދަމާ ކުޅުދުއްފުށީ ޒިގްޒެގް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ނުކުންނާނެ އެވެ. މެޗު ފެށޭ ގަޑިއަކީ 1550 އެވެ. ވީހާވެސް ގިނަ ބޭފުޅުން ފެހި ނުވަތަ ކަޅުކުލަ ތުރުކުރައްވައިގެން ކުޅުދުއްފުށީ ޓީމަށް ސަޕޯޓް ކުރަން ދިއުމަކީ ޓީމުގެ މެނޭޖްމެންޓްގެ ވަރަށް ބޮޑު އެދުމެކެވެ.