twitterviber whatsapp telegramfacebookyoutube instagram
15th July 2026

ހަނިމާދޫއާ ދެކޮޅަށް މިއަދު ކުޅޭނީ އެޓޭކިން ގޭމެއް: ސަޓޯ

Oct 6, 2014

ހދ އަތޮޅު މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ޒިގްޒެގް ޓީމު މިއަދު ހަވީރު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ ދެކޮޅަށް ކުޅޭނީ އެޓޭކިން ގޭމެއް ކަމަށް ޓީމުގެ ކޯޗު އަބްދުލް ސައްތާރު އަބޫބަކުރު (ސަޓޯ) ބުނެފި އެވެ.

މިއަދު ކުޅޭ މެޗާ ބެހޭގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން ސަޓޯ ބުނީ ފުލް އެޓޭކިން ގޭމެއް ކުޅެ މިއަދުގެ މެޗުން މޮޅުވުމަކީ ޓީމުގެ އުއްމީދު ކަމަށާއި އިރާދަކުރެއްވިއްޔާ މިއަދުގެ މެޗުން މޮޅުވާނެ ކަމަށެވެ.

ޓީމްގެ 12 ވަނަ ކުޅުންތެރިޔާގެ ހައިސިއްޔަތުން ސަޕޯޓަރުންނަކީ ވަރަށް މުހިންމު ބައެއް ކަމަށާއި މެޗު ފަށާ ވަގުތުން ފެށިގެން ރެފްރީގެ ފަހު ކަށިގަނޑު ގޮއްވުމާއި ހަމައަށްވެސް ސަޕޯޓަރުންގެ ސަޕޯޓް ބޭނުންވާނެ ކަމަށް ސަޓޯ ބުންޏެވެ.

އެހެންކަމުން ވީހާވެސް ގިނަ މީހުން ސަޕޯޓް ކޮށްދިނުމަށް ސްޓޭޑިއަމަށް އައުމަށް ސަޓޯ ގޮވާލި އެވެ. އަދި ހަނިމާދޫގެ ދެ ޓީމު ފައިނަލްގައި ކުޅޭތަން ބަލަން ސިޑި ބަރީގައި ތިބެން ކުޅުންތެރިން ބޭނުން ނުވާ ކަމަށާއި މެޗުން މޮޅުވުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނެ ކަމަށްވެސް ސަޓޯ ބުންޏެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިއަދު ކުޅުދުއްފުށީ ޒިގްޒެގް ޓީމު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު ހަނިމާދޫ ސާއްބަ އެކުވެރި ޖަމިއްޔާ ވަނީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355