twitterviber whatsapp telegramfacebookyoutube instagram
14th October 2026

ޒޯން މުބާރާތް މާދަމާ އޮންނާނެ

Oct 12, 2014

ޒޯން މުބާރާތް މާދަމާ އޮންނާނެ ކަމަށް ހދ އަތޮޅު ކައުންސިލުން ބުނެފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ އަބުދުލް މުހައިމިން ވިދާޅުވީ ޒޯން މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެއް ކަމަށާއި އެ މެޗް އޮންނާނީ މާދަމާ ކަމަށެވެ.

ހދ އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމް ކަމަށްވާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އަދި ރަނަރަފް ޓީމް ކަމަށްވާ ހަނިމާދޫ ސައްބަ އެކުވެރި ޖަމިއްޔާ ބައްދަލުކުރާ މި މެޗް އޮންނާނީ ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގަ އެވެ.

ޒޯން މުބާރާތުގެ އިނާމް ދިނުމުގެ ހަފުލާ މާދަމާ މެޗް ނިމުމަށްފަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު މި މުބާރާތުގައި ހއ ދިއްދޫއިން ބައިވެރި ނުވާން ވަނީ ނިންމާފަ އެވެ. މުހައިމިން ވިދާޅުވީ ދިއްދޫއިން ބައިވެރިނުވާ ވަކި ސަބަބެއް އަންގާފައިނުވާ ކަމަށާއި ބުނެފައިވަނީ ކުޅެވެން ނެތް ކަމަށެވެ.

ޒޯން މުބާރާތަކީ އަތޮޅު މުބާރާތްތަކުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމްގެ މެދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ޒިގްޒެގް ޓީމަށް ކުޅުނު ބައެއް ކުޅުންތެރިން ޒޯން މުބާރާތުގައި ކުޅޭ ހަނިމާދޫގެ ދެޓީމުން ވެސް ފެނިގެން ދާނެ އެވެ. އެއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އަހުމަދު ދާއޫދު އާއި އަސްޖައު އަދި ހަނިމާދޫ ސައްބަ ޓީމްއިން ޒައިދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293