twitterviber whatsapp telegramfacebookyoutube instagram
7th May 2024

ޒޯން ޗެމްޕިއަންކަން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ހޯދައިފި

Oct 13, 2014

އެންމެ އުތުރުގެ ދެ އަތޮޅު ހިމެނޭ ޒޯން  1 ގެ ޗެމްޕިއަންކަން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ހޯދައިފި އެވެ.

ހދ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ޒޯން 1 ގެ ޗެމްޕިއަންކަން ހޯދީ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބް ބަލިކޮށް 3-0 ގެ ތަފާތަކުންނެވެ.

ޒޯން 1 ގެ ފުޓްބޯޅަ މުބާރާތަށް ހއ.އަތޮޅުން ހޮވުނު އެއަތޮޅު ފުޓްބޯޅަ މުބާރާތު ޗެމްޕިއަން ދިއްދޫ ރިއަލްޓީ ސްޕޯޓްސް ކްލަބާއި، ރަނަރަފް ދިއްދޫ ޓީނޭޖް ސްޕޯޓްސް ކްލަބް މުބާރާތުން ވަކިވުމާ ގުޅިގެން ޒޯން 1 ގެ ފުޓްބޯޅަ މުބާރާތުގެ ކުޅެފައިވަނީ ފައިނަލް މެޗް އެކަންޏެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗްގައި ޒުވާނުންގެ ޖަމިއްޔާއިން ވަނީ ފުރަތަމަ ހާފްގައި ލަނޑެއްޖަހާ ލީޑް ނަގާފަ އެވެ. އެލަނޑު ކާމިޔާބުކޮށްދީފައިވަނީ ޖ. 17 އަސްޖައު މުސާ އެވެ. އަސްޖައު އަކީ އަތޮޅު މުބާރާތުގައި ކުޅުދުއްފުށީ ޒިގްޒެގް ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަ އިރު ބޯޅަގެންގުޅެ މޮޅު ކުޅުމެއް ދައްކާފައިވަނީ ހަނިމާދޫ ޒުވާނުގެ ޖަމިއްޔާއިންނެވެ. ސާއްބަ ޓީމަށް މިއަދުގެ މެޗުގެގައި މޮޅު ކުޅުމެއް ދެކިފަ ނުވާކަން ފާހަގަ ކުރެވުނެވެ.

މެޗުގެ ދެވަނަ ހާފްގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2 ލަނޑުޖަހާ ހިންދަމާލާފަ އެވެ. ދެވަނަ ހާފްގައި ލަނޑު ޖަހާދީފައިވަނީ ޒުވާނުންގެ ޖަމިއްޔާގެ އުއްމީދީ ކުޅުންތެރިޔާ ޖ. ނޫރުﷲ ތޯހާ އެވެ. އަދި ތިންވަނަ ލަނޑު ޖަހާދިނީ މިއަދު މެޗުގެ މޮޅު ކުޅުމެއްދެކި އަސްޖައު މޫސާ އެވެ

ޒޯން މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފާއިވަނީ 5000 ރުފިޔާ އެވެ. މިއަދު މެޗުގައި މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ އަސްޖައު މޫސާ އެވެ. ހާއްސަ މަގާމުތަކަށް ދިޔަ ފަރާތަކަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދެވެ.

މިއަދު މެޗުގެ އިންތިޒާމުތަކާ މެދު ދެޓީމުގެ އޮފިޝަލުންވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ފޮޓޯ ގެލެރީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355