twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޒިގްޒެގް އަދި ޑްރިބަލް ކުޅުނު މެޗު ޒިގްޒެގް ކާމިޔާބުކުރިއިރު ކޮރަލްސްގައި ކުޅުނު މެޗު ބައްޕަ ޓީމުން ކާމިޔާބުކޮށްފި

Oct 17, 2014

ޒިގްޒެގް އަދި ޑްރިބަލް ކުޅުނު މެޗު ޒިގްޒެގް ކާމިޔާބުކުރިއިރު ކޮރަލްސްގައި ކުޅުނު މެޗު ބައްޕަ ޓީމުން ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު ޒިގްޒެގްގެ ދަނޑުގައި ކުޅުނު ރަހްމަތްތެރިކަމުގެ ފުޓްބޯޅަ މެޗު ޒިގްޒެގުން ކާމިޔާބުކުރީ 4-3 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޑްރިބަލް އިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ޒިގްޒެގުން ވަނީ ލަނޑެއް ޖަހާ ފަރަޤު ކުޑަކޮށްފަ އެވެ.

ފުރަތަމަ ހާފު 2-1 އިން ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއްނުވެ ޒިގްޒެގުން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފަ އެވެ. ނަމަވެސް ޑްރިބަލްއިން ވަނީ ކުޑައިރުކޮޅެއްތެރޭ އަލުން ލީޑު ހޯދާފަ އެވެ.

މި މެޗުގެ ފަހު 10 މިނެޓްގައި ޒިގްޒެގުން ވަނީ ދެ ލަނޑު ޖަހާ 4-3 އަށް ނަތީޖާ ބަދަލުކޮށް މެޗު ކާމިޔާބުކޮށްފަ އެވެ.

ޒިގްޒެގްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިމްދާދު އަލީ (ރެޑޭ)، އިބްރާހިމް ހަސަން (ސެންޗޯ)، މުހައްމަދު މޫސާ (ސޭވާ) އަދި އަޒްލީމް އަހްމަދު (އައްޒަ) އެވެ.

ޑްރިބަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުއާވިޔަތު ހަސަން، މުފީދު ޤާސިމް (މޫއްޕެ) އަދި އަހްމަދު ޤާސިމް (ކުމާ) އެވެ.

މިއަދު ހަވީރު ކޮރަލް ދަނޑުގައި ކުޅުނު މެޗަކީ  ކޮރަލް ދަނޑަށް ކުޅެންދާ ކުދިނެގެ މެދުގައި ކުޅެވުނު މެޗެކެވެ. މި މެޗުގެ އެއް ޓީމުގައި ބައްޕަ ކިޔާފައިވާ ކުޅުންތެރިން ތިބިއިރު އަނެއް ޓީމުގައި ތިބީ ދަރިން ނުތިބޭ ކުޅުންތެރިންގެ ޓީމެކެވެ.

މި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބައްޕައިންގެ ޓީމެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބައްޕައިން ޓީމުގެ މުހައްމަދު އާދަމް (ކާއްޓޭ) އެއް ލަނޑު ޖަހާފައިވާއިރު އަހްމަދު ނައީމް (ޔަނޭ) ވަނީ ދެ ލަނޑު ޖަހާފަ އެވެ. މި މެޗުގައި އަނެއް ޓީމްއިން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ ފަހު ހާފު އެވެ. މިއީ ބައްޕަ ޓީމުގެ އަހްމަދު މުހައްމަދު (ވެނިސް) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355