twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެއްލައްކަ ކަޕްގެ ޗެމްޕިއަންކަން ބްލެކްޒީނޯ ހޯދައިފި

Oct 19, 2014

ދިއްދޫ އެއްލައްކަ ކަޕް 2014ގެ ޗެމްޕިއަންކަން ބްލެކްޒީނޯ އިން ހޯދައިފި އެވެ.

ދިއްދޫ ފުޓުބޯޅަދަނޑުގައި އިއްޔެ ހަވީރު ކުޅުނު، މި މުބާރާތުގެ ފައިނަލްމެޗް ބްލެކްޒީނޯ އިން ކާމިޔާބު ކުރީ ދެލަނޑު ސުންލަނޑުން ނާޑު ސްޕޯޓްސް ބަލިކޮއްގެނެވެ.

ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްލެކްޒީނޯގެ އަބްދުﷲ ޝުޖާއު އެވެ. ފައިނަލް މެޗްގެ ފަހުން ވަނީ ޗެމްޕިއަން ޓީމަށާއި ރަނާރަޕް ޓީމުގެ އިތުރުން މުބާރާތުން ތަފާތު މަގާމުތަށް ހޯދި ކުޅުންތެރިން އިނާމާ ހަނދާނީލިޔުމާއި މެޑެލް ހަވާލުކޮއްފަ އެވެ.

ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮއްދެއްވީ މެޗްގެ ޝަރަފްވެރި މެހެމާނު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ތޯރިގުގެ އިތުރުން ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވި ގައުމީ ޓީމްގެ ކޯޗް ޑްރާގޯ މަމިޗް އާއި މާޒިޔާގެ ކޯޗް އަލީ ސުޒޭނާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ބްލެކްޒީނޯގެ ހަސަން އަބުއްލަތީފް ހޮވިފައިވާއިރު އެންމެ އުންމީދީ ކުޅުންތެރިޔަކީ ހަމަ އެޓީމްގެ މުހައްމަދު މުނައްވަރެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔާއަކަށް ޓީނޭޖް ސްޕޯޓްސް ކްލަބްގެ މުހައްމަދު މުއާޒް ހޮވުނުއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޗެމްޕިއަންކަން ހޯދި ބްލެކް ޒީނޯ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ދިއްދޫ އެލްއެލް ސްޕޯޓްސް ގުޅިގެން ބޭއްވި މި މުބާރާތުގެ ޗެމްޕއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

ދިއްދޫގެ ރައްޔިތުންނާއި ޓީމު ތަކުގެ ސަޕޯޓަރުން މި މުބާރާތުގެ ތެރޭ ދެއްކި ކުޅިވަރުގެ ރިވެތި އަހުލާގް މުބާރާތް އިންތިޒާމް ކުރި ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

މި މުބާރާތުގައި ޖުމްލަ އަށް ޓީމް ވަނީ ވާދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355