twitterviber whatsapp telegramfacebookyoutube instagram
14th October 2026

މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުތައް ކާމިޔާބުކުރީ ހިރަފުސް އަދި ޑްރިބަލް

Oct 24, 2014

މިއަދު ހަވީރު ކުޅުދުއްފުށީގައި ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތައް ހިރަފުސް އަދި ޑްރިބަލްއިން ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު ހިރަފުސް ދަނޑުގައި ނޮޅިވަރަމްގެ ކުލަބު ހުވާސްއާ ދެކޮޅަށް ކުޅުނު މެޗު ހިރަފުސްއިން 6-1 އިން ކާމިޔާބުކުރިއިރު ބަޝީރު ފުޓްބޯލް އެކަޑަމީއާ ދެކޮޅަށް ކުޅުނު މެޗު ޑްރިބަލްއިން ކާމިޔާބުކުރީ 9-3 އިންނެވެ.

ހުވާސް އަދި ހިރަފުސް ކުޅުނު މެޗުގެ ކުރީކޮޅު ހުވާސްއިން ވަނީ ލީޑު ނަގާފަ އެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި ހިރަފުސްގެ އަލީ މުހައްމަދު (ޔޫމީ) ވަނީ ހިރަފުސްއަށް އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި އަދި މެޗުގެ 38 ވަނަ މިނެޓްގައި ހިރަފުސް އަށް ދެ ލަނޑު ޖަހައިދީ ލީޑު ހޯދައިދިނީ އަހުމަދު މުހައްމަދު (ބަހީ އައްމަޑޭ) އެވެ.

މި މެޗުގެ ފަހު ހާފު ފެނިގެން ދިޔަ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފަރުދީން ކާމިޔާބުކޮށްދިންއިރު އަނެއް ލަނޑު ޖަހައިދިނީ ޔާސިރު މުހައްމަދެވެ. މި މެޗުގައި ހިރަފުސްގެ ކީޕަރ މުހައްމަދު އިބްރާހިމް (ޖަގޭ) ވަނީ ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ.

މިއަދު ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗު 9-3 އިން ޑްރިބަލްއިން ކާމިޔާބުކުރީ ބަޝީރު ފުޓްބޯލް އެކަޑަމީގެ 15 އަހަރުން ދަށުގެ ޓީމާ ވާދަކޮށްގެންނެވެ. މިއީ ބަޝީރު ފުޓްބޯލް އެކަޑަމީން ކުޅުނު 11 އަ ސައިޑް ފުރަތަމަ މެޗްކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293