twitterviber whatsapp telegramfacebookyoutube instagram
14th October 2026

3 ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އިހަވަންދޫ ޓީމެއް މާލެ ގޮސްފި

Oct 28, 2014

3 ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހއ. އިހަވަންދޫ ކުލަބް ޕޯލްސްޓަރ މާލެ ގޮސްފި އެވެ.

މި މުބާރާތް ނޮވެމްބަރ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މި ޓީމުން މިހާރު ވަނީ ފަރިތަކުރުންތައް ފަށާފަ އެވެ. މި ޓީމްގެ ކޯޗްކަން ކޮށްދެއްވަނީ ކުރީގެ ނިއުރޭޑިއެންޓްގެ ކުޅުންތެރިއެއް ކަމަށްވާ އަހުމަދު އިރުދާށު އެވެ.

މުޅިންވެސް އިހަވަންދޫއަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ މިޓީމު މާލެ ދިޔައީ ޓީމުގެ ޓްރެވެލް ޕާޓްނަރ، 242 ބޯޓުގައި މިމަހުގެ 26 ވަނަ ދުވަހު އެވެ.

ޖުމްލަ 54 ޓީމަކުން ބައިވެރިވެފައިވާ މިމުބާރާތުގައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)އިން ވެސް ވަނީ ބައިވެރިވެފަ އެވެ. އެޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ގެންގޮސްފައިވަނީ މާލޭގަ އެވެ.

3 ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ގުރުވަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293