twitterviber whatsapp telegramfacebookyoutube instagram
3rd February 2026

ހިރަފުސް އާއި ޒިގްޒެގް ކުޅުނު އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

Oct 31, 2014

ހިރަފުސް އާއި ޒިގްޒެގް ކުޅުނު އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ އެވެ.

މިއަދު ހަވީރު ހިރަފުސް ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދީ ހިރަފުސްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންމެ ފަހުން ބޭއްވި ހިރަފުސް ކަޕުގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަލީ އާދަމް (ބާ އަލީ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒިގްޒެގްއިން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒިގްޒެގްގެ އަބޫބަކުރު އާދަމް (އަބޫ) އެވެ.

މި މެޗުގެ ފަހު ހާފުގައި އެއްވެސް ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު މެޗު ނިމިގެން ދިޔައީ 1-1 އެއްވަރު ވެގެންނެވެ.

މި މެޗު ޝަރަފުވެރިކޮށްދެއްވާ ކުޅުންތެރިންނާ ސަލާމް ކޮށްދެއްވީ ކުއަންޓަމް ފިހާރައިގެ ވެރިފަރާތް އަހްމަދު ދީޕު ހަސަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355