twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކޯޗިން ކޯހެއްގައި އަހުމަދު މޫސާ ސައުތު ކޮރެއާއަށް

Nov 1, 2014

އިންޓަނޭޝަނަލް ކޯސް އޮފް އެޓްލެޓިކްސް ކޯޗިންގެ ލެވެލް 3 ހެދުމަށް އަފީފުއްދީން ސްކޫލްގެ އެތްލެޓިކްސް ކޯޗް އަހުމަދު މޫސާ މިއަދު ސައުތް ކޮރެއާއަށް ފުރައިފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ މި ކޯހަކީ ނޮވެމްބަރ 3 ން 27 ށް ސައުތު ކޮރެއާގައި ކުރިއަށްގެންދާ އެތްލެޓިކްސް ކޯޗުން ތަމްރީނުކުރުމުގެ ކޯހެއް ކަމަށެވެ.

މި ކޯހުގައި ރާއްޖެއިން އަހުމަދު މޫސާ އެކަނި ބައިވެރިވާއިރު މި ކޯހުގައި ރާއްޖެއިން ބައިވެރިވާނެ ކޯޗަކަށް އޭނާ ހޮވާފައިވަނީ މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅި ހުރިހާ އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު އެޕްލިކޭޝަނެއް ހުށަހަޅާފައިވަނީ އޭނާކަމަށް ވަތީކަމަށް އަހުމަދު މުންތަގިމް ވިދާޅުވި އެވެ.

އަހްމަދު މި ކޯހުގެ ލެވެލް 2 ހަދާފައިވާއިރު މި ކޯހުގައި ބައިވެރިކުރުމަށް މީހަކު ހޮވިއިރު އަތޮޅު ތެރޭގެ ކޯޗުންނަށް އިސްކަން ދެވުނު ކަމަށް މުންތަގިމް ވިދާޅުވި އެވެ. އަދި އެއީ އަތޮޅު ތެރޭގެ ކޯޗުންގެ ފެންވަރު ރަނގަޅުކޮށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމަށް އޭނާ ވިދާޅުވި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިންޓަރ ނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް ފެޑަރޭޝަންގެ ކޯޗެސް އެޑިއުކޭޝަން އެންޑް ސަރޓިފިކޭޝަން ސިސްޓަމް (އައި.އޭ.އޭ.އެފް.ސީ.އީ.ސީ.އެސް) ލެވެލް 3 ގެ ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ހދ އަތޮޅު ތައުލީމީ މަރުކަޒްގެ ގްރެޖްއޭޓް ޓީޗަރ އަދި އެސްކޫލްގެ އެތްލެޓިކްސް ކޯޗް އަލީ ޝަރީފް ވެސް ވަނީ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއަށް ގޮސްފަ އެވެ. އޭނާވެސް އެ ކޯހަށް ހޮވިފައިވަނީ ކުރިމަތިލީ މީހުންގެ ތެރެއިން އެއްވަނަ ހޯދައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355