twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޗެމްޕިއަން ޓީމަށް 35000 ރުފިޔާ ލިބޭ ފުޓްބޯޅަ މުބާރާތެއް އިހަވަންދޫގައި ފަށަނީ

Nov 19, 2014

ހއ އިހަވަންދޫ ޕޯލްސްޓަރ ކުލަބުން އިސްނަގައިގެން ކުރިއަށް ގެންދާ މައިކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފި އެވެ.

މި ނޫހަށް މައުލޫމާތު ދެމުން ޕޯލްސްޓާރގެ ނައިބް ރައީސް ސުޖާ ވިދާޅުވީ މި މުބާރާތަކީ ހއ އަތޮޅަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި މި މުބާރާތުގައި ހއ. އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާ ޖަމާއަތްތަކާއި އެ އަތޮޅަށް ނިސްބަތްވާ ކުންފުނިތަކާއި ރިސޯޓުތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށެވެ

މި މުބާރާތުގައި ޗެމްޕިއަން ޓީމަކަށް 35000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަފް ޓީމަށް 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ތިންވަނަ އަށް ދާ ޓީމަކަށާއި އެކި މަގާމުތަކަށް ހޮވޭ ކުޅުންތެރިންނަށް އިނާމް ހުށައެޅިފައިވާ ކަމަށް ސުޖާ ވިދާޅުވި އެވެ. އެގޮތުން މި މުބާރާތަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަލްފާޟިލް މުހައްމަދު އަބްދުﷲ ވެދެއްވާފައިވާ އެހީތެރިކަން ސުޖާ ފާހަގަކުރެއްވި އެވެ.

މައި ކަޕް ފުޓްބޯޅަ މުބާރާތުގެ މަގުސަދަކީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި ހއ. އަތޮޅުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް ކުލަބް ޕޯލް ސްޓާއިން މައުލޫމާތު ދެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރ 15 ކަމަށާއި އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ގިނަ ޓީމުތަކަކުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދިނެވެ. އެގޮތުން މިދިޔަ އަހަރުވަނީ މި މުބާރާތުގައި 11 ޓީމަކުން ބައިވެރިވެފަ އެވެ.

މިއީ އިހަވަންދޫގައި މި މުބާރަތް ކުރިއަށް ގެންދާ 8 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355