twitterviber whatsapp telegramfacebookyoutube instagram
17th May 2024

ލިވަޕޫލް ވިދިވިދިގެން ތިންވަނަ މެޗުން ބަލިވިއިރު ޓޮޓެންހަމް މޮޅުވެއްޖެ

Nov 24, 2014

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް ބަލިވިއިރު ހަލްސިޓީ އަތުން ޓޮޓެންހަމް މޮޅުވެއްޖެ އެވެ.

ރޭ ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-1 އިންނެވެ. މި މެޗުގެ 2 ވަނަ މިނެޓްގައި ލިވަޕޫލަށް ލަނޑު ޖަހައިދިނީ މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވި ފޯވާޑް ރިކީ ލަމްބާޓް އެވެ. މި ދިޔަ ސީޒަނުގައި ލިވަޕޫލްއިން ލީގު ހޯދުމަށް ކުރަމުން އައި އުއްމީދުތައް އެކަށް ފުނޑުފުނޑު ކޮށްލި މެޗުގައި 2 ލަނޑު ޖަހައިދިން ގޭލް ވަނީ އޭގެ ފަނަރަ މިނެޓް ފަހުން ކްރިސްޓަލް ޕެލަސް އަށް އެއްވަރުކޮށްދީފަ އެވެ.

ފަހު ހާފުގެ 78 ވަނަ މިނެޓްގައި އަދި 81 ވަނަ މިނެޓްގައި ޖޯސެފް ލެޑްލީ އަދި މައިލް ޖެދިނަކް ޖަހައިދިން ލަނޑުތަކުން ކްރިސްޓަލް ޕެލަސްއިން ވަނީ މެޗު ކާމިޔާބުކޮށް ރެލިގޭސަން ޒޯނުން މައްޗަށް ޖެހިލާފަ އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ޓޮޓެންހަމް އިން ވަނީ ފަހަތުން އަރާ 2-1 އިން ހަލްސިޓީ ބަލިކޮށްފަ އެވެ. މި މެޗުގެ 8 ވަނަ މިނެޓްގައި ޖޭކް ލިވަމޯ ވަނީ ލަނޑެއްޖަހާ ހަލްސިޓީއަށް ލީޑު ހޯދައިދީފަ އެވެ. ފުރަތަމަ ހާފު އިތުރު ލަނޑެއް ފެނިފައި ނުވާއިރު ފަހު ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ ޓޮޓެންހަމްގެ ވާޓޯގަންއާއި ހަލްސިޓީގެ ގެސްޓޮން ރަމިރޭޒްއާ ދެމެދު ހިނގާދިޔަ ހަމަނުޖެހުމެއްގައި ރަމިރޭޒްއަށް ވަނީ ރަތްކާޑެއް ދައްކާފަ އެވެ.

މި ރަތްކާޑަށް ފަހު ޓޮޓެންހަމްއިން މެޗުގެ ކޮންޓްރޯލް ހޯދާ 61 ވަނަ މިނެޓްގައި ހެރީ ކޭން ޖަހައިދިން ލަނޑަކުން ވަނީ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ކްރިސްޓަން އެރިކްސަން ވަނީ ލަނޑެއް ޖަހާ ޓޮޓެންހަމް މޮޅުކޮށްދީފަ އެވެ.

މިރޭ ދަންވަރު 0100 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެސްޓަން ވިލާ އަދި ސައުތެމްޕްޓަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355