twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޗެލްސީއާއި ޝަކްތަރު ދެވަނަ ބުރު ކަށަވަރު ކުރިއިރު އާޖެންޓީނާގެ ފޯވާޑުން ވިދާލައިފި

Nov 26, 2014

 

ރޭ ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި ޝަކްތަރު އެ ޓީމު ކުޅުނު މެޗުތައް ކާމިޔާބުކޮށް ދެވަނަ ބުރަށް ދަތުރުކުރިއިރު އާޖެންޓީނާގެ ދެ ފޯވާޑުން ކަމުގައިވާ މެސީއާއި އެގުއޭރޯ ވިދާލައިފި އެވެ.

މެޗުގެ ދެވަނަ މިނެޓްގައި ޓެރީ ކޯނަރަކުން ލަނޑެއް ކާމިޔާބުކުރިއިރު ޗެލްސީއިން ޝާލްކޭ ބަލިކުރީ 5-0 އިންނެވެ. މެޗުގެ އިތުރު ލަނޑުތައް ވިލިއަން، ރަމިރޭސް، ޑްރޮގްބާ ކާމިޔާބުކޮށްދިންއިރު ޗެލްސީގެ އަނެއް ލަނޑަކީ ޝާލްކޭގެ ކުޅުންެތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ގުރޫޕްގައި ކުޅުނު އަނެއް މެޗު ސްޕޯޓިންގ އިން ކާމިޔާބުކުރީ މަރިބޯއާ ވާދަކޮށް 3-1 އިންނެވެ. ކާލޯސް މާނޭ، ލުއިސް ނާނީ އަދި އިސްލާމް ސްލިމާނީ ލަނޑުތައް ކާމިޔާބުކުރިއިރު މަރިބޯގެ ލަނޑަކީ ސްޕޯޓިންގ ގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

1-0 އިން އެތުލެޓިކް ބިލްބާއޯ އަތުން ބަލިވި ނަމަވެސް ޝަކުތަރުއިން ދެވަނަ ބުރަށް ދަތުރު ކުރީ މި ގުރޫޕްގެ އަނެއް މެޗުގައި ބާޓޭ ބޮރިސޯވް 3-0 އިން ޕޯޓޯ އަތުން ބަލިވުމާ ގުޅިގެންނެވެ.

ލައޮނެލް މެސީގެ ހެޓްރިކަކާއެކު 4-0 އިން އެޕޮއެލް ނިކޯސިއާ އަތުން ބާސެލޯނާ މޮޅުވިއިރު މިހާރު މެސީ އަކީ 74 ލަނޑާއެކު ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. މީގެ ތިން ދުވަސް ކުރިން މެސީ ވަނީ ސްޕެނިސް ލީގުގައި ހެޓްރިކެއް ހަދާ ސްޕެއިން ލީގުގެ ތާރީޚްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފަ އެވެ. ސުއަރޭޒް ވެސް މި މެޗުގައި ލަނޑުޖެހިއިރު މިއީ އޭނާ ބާސެލޯނާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި ގުރޫޕްގައި ރޭ ކުޅުނު އަނެއް މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 3-1 އިން އަޔެކްސް ބަލިކޮށްގެންނެވެ. މި މެޗުގައި ކަވާނީ ދެ ލަނޑު ޖެހިއިރު ޕީއެސްޖީގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމޮވިޗެވެ. އަޔެކްސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކްލާސެން އެވެ.

އެގުއޭރޯގެ ހެޓްރިކަކާއެކު މެންޗެސްޓަރ ސިޓީއިން އެ ޓީމުގެ ފުރަތަމަ މޮޅު ބަޔާން މިއުނިކާ ދެކޮޅަށް ހޯދިއިރު މި ގްރޫޕްގެ އަނެއް މެޗުގައި ރޯމާ އަދި ސީއެސްކޭ ކުޅުނު  މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. 22 ވަނަ މިނެޓްގައި ބަޔާން ގެ މެހްދީ ބެނާޝިޔާ ސާޖިއޯ އެގުއޭރޯއާ ދެކޮޅަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރަތްކާޑެއް ދައްކާފަ އެވެ. އަދި ޕެނަލްޓީއަކުން ލަނޑު ޖަހާ ސިޓީއިން ކުރި ހޯދާފައި ވަނިކޮށް ހިލޭ ޖެހުމަކުން އެލޮންސޯ ވަނީ އެއްވަރުކޮށްދީފަ އެވެ.

ބަޔާންގެ ލެވަންޑޯސްކީ ބޮލުން ލަނޑެއް ޖަހާ މޮޅުކޮށްދިން ނަމަވެސް ސިޓީގެ ހުނަރުވެރި ފޯވާޑް އެގުއޭރޯ ވަނީ 85 ވަނަ މިނެޓްގައި އަދި 91 ވަނަ މިނެޓްގައި ލަނޑު ޖަހާ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު ދަމަހައްޓާފަ އެވެ.

ރޯމާގެ ޓޮޓީ ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ ލީޑު ހޯދައިދީފައި ވަނިކޮށް ސީއެސްކޭގެ ބެރެޒުޓްސްކީ ވަނީ 93 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓާފަ އެވެ. މި ގުރޫޕްގެ އެއްވަނަ ބަޔާން ކަށަވަރުކޮށްފައި އޮތްއިރު އަނެއް ތިން ޓީމް އޮތީ 5 ޕޮއިންޓާ އެކު އެވެ.

މިރޭވެސް ޗެމްޕިއަންސް ލީގުގައި 8 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355