އެންޑް ކަޕް ފުޓްސަލް މުބާރާތް 2014 ފެށިއްޖެ އެވެ.
އެސޯސިއޭސަން ފޯ ނޭކުރެންދޫ ޑެވެލޮޕްމެންޓް (އެންޑް) އިން 2009 އަހަރުން ފެށިގެން އަންނަ މި މުބާރާތުގައި މި އަހަރު ޖުމްލަ 9 ޓީމެއް ވާދަކުރާއިރު މުބާރާތް ހުޅުވި މެޗުގައި ބައެދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން މާޒިންސް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެވެ. މި މެޗު 12-2 އިން ކާމިޔާބުކުރީ މާޒިންސް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ކުލަބް އީގަލްސް އަށް ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމުގައިވާ އިބްރާހިމް މުބީން އެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލު ކުރީ އެންމެ ފަހުގެ ރަނަރއަޕް ކްލަބް ސިވިކް އަދި ކުޅުދުއްފުށީ ދިރާގެވެ. މި މެޗު 4-1 އިން ކުލަބް ސިވިކް ކާމިޔާބުކުރިއިރު މޮޅު ކުޅުންތެރިޔާގެ މަޤާމު ހާސިލްކުރީ ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމުގައިވާ އަލީ އިފާޒް އެވެ.
މީގެ އިތުރުންވެސް ފަސްޓް ޑިވިސަން ގެ ކުޅުންތެރިންތަކެއް މި މުބާރާތުގައި ފެނިގެންދާއިރު ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިއެއްވެސް ކުލަބް ސިވިކްގައި ކުޅެމުންދެއެވެ.
މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ހުރިހާ ޓީމެއެއް ވެސް ބައިވެރިވިއިރު ޝަރަފުވެރި މެހެމާން ހދ އަތޮޅު ކޮމާންޑަރ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ނަސީމް ވަނީ ކުޅުންތެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އެ ބޭފުޅާގެ ވާހަކަފުޅުގައި ކުޅުންތެރިން ކުޅުމުގެ ތެރެއިންނާއި ކުޅުމުގެ ބޭރުން ސުލޫކީ މިންގަނޑު ހިފަހައްޓަން ޖެހޭނެ ގޮތުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
މީގެ އިތުރުން ޒުވާނުން ޓްރެފިކް ޤާނޫނަށާއި ގެވެށި އަނިޔާއާ ބެހޭ ޤާނޫނަށް އަހުލުވެރިވުމަށް އެދިވަޑައިގެންނެވި އެވެ.
[yass cats=155]