twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޔުވެންޓަސް، ބަސެލް އަދި މޮނާކޯ ދެވަނަ ބުރަށް ދަތުރުކޮށްފި

Dec 10, 2014

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ޔުވެންޓަސް، ބަސެލް އަދި މޮނާކޯ އިން ދަތުރުކޮށްފި އެވެ.

ޔުވެންޓަސް އިން ދެވަނަ ބުރަށް ދަތުރުކުރީ ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވުމާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ރޭ މި ގުރޫޕްގެ އަނެއް މެޗުގައި މަލްމޯ އެފްއެފް އަތުން 4-2 އިން އޮލިމްޕިއާކޯސް މޮޅުވި ނަމަވެސް ޔުވެންޓަސް ކުޅުނު މެޗު އެއްވަރު ވުމުން އޮލިމްޕިއާކޯސް ވަނީ ހަނި ގޮތަކަށް މުބާރާތުން ކަޓާފަ އެވެ.

ގުރޫޕްގެ އޭ ގެ އެއްވަނަ 13 ޕޮއިންޓާއެކު އެންމެ ފަހުގެ ރަނަރއަޕް އެތުލެޓިކޯ ހޯދިއިރު ދެވަނަ ހޯދީ 10 ޕޮއިންޓާއެކު ޔުވެންޓަސް އެވެ. 9 ޕޮއިންޓާއެކު އޮލިމްޕިއާކޯސް 3 ވަނަ އަށް ދިޔައިރު 3 ޕޮއިންޓާއެކު ފުލަށް ދިޔައީ މަލްމޯ އެވެ.

ގުރޫޕް ބީ ގެ މެޗުތަކަށް ބަލާއިރު ރިއަލް މެޑްރިޑުން ވަނީ 4-0 އިން ލޫޑޯގޮރެޓްސް ބަލިކޮށް ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ދެވަނަ ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ގޮތުގައި ގުރޫޕް ސްޓޭޖް ނިންމާލާފަ އެވެ. ރޮނާލްޑޯ، ބޭލް، އާބެލޯއާ އަދި މެޑްރަން ލަނޑުތައް ކާމިޔާބުކުރިއިރު ލޫޑޯގޮރެޓްސް ދިޔައީ 4 ޕޮއިންޓާއެކު ގުރޫޕްގެ ފުލަށެވެ.

 އެއްވަރުކޮށްލައިގެން ދެވަނަ ބުރަށް ދެވެން އޮތް ބަސެލް އިން ވަނީ 1-1 އިން ލިވަޕޫލްއާ އެއްވަރުކޮށްފަ އެވެ. 25 ވަނަ މިނެޓްގައި ފުރޭ ބަސެލް އަށް ލީޑު ހޯދައިދިން އިރު 10 މީހުންނާއެކު ކުޅެމުން ދިޔަ ލިވަޕޫލްއިން 81 ވަނަ މިނެޓްގައި ގެރާޑްގެ ހިލޭ ޖެހުމަކުން އެއްވަރުކުރި ނަމަވެސް އިތުރު ލަނޑެއް ޖެހުމުގައިވަނީ ނާކާމިޔާބުވެފަ އެވެ.

ގުރޫޕް ސީ ގެ މެޗުތަކަށް ބަލާއިރު ދެވަނަ ބުރަށް ދަތުރުކޮށްފައި އޮތް ބަޔާން ލެވަކޫސަން އިން ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވުމުގެ ފައިދާ މޮނާކޯއިން ނަގައި 2-0 އިން ޒެނިތު ބަލިކޮށް އެ ޓީމުން ވަނީ މި ގުރޫޕްގެ އެއްވަނަ ހޯދާފަ އެވެ. 11 ޕޮއިންޓާއެކު އެއްވަނަ މޮނާކޯ ހޯދިއިރު 10 ޕޮއިންޓާއެކު ލެވަކޫސަން ދިޔައީ ދެވަނަ އަށެވެ. ޒެނިތު އަށް 7 ޕޮއިންޓް ލިބުނުއިރު ފުލަށް ދިޔަ ބެންފީކާއަށް ލިބުނީ 5 ޕޮއިންޓެވެ.

ގުރޫޕް ޑީ ގެ މެޗުތަކަށް ބަލާއިރު ޑޯޓުމަންޑުން އެންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗު އެއްވަރުވުމުން 6 ލަނޑުގެ ތަފާތަކުން ގުރޫޕްގެ އެއްވަނައަށް އެރެން އޮތް އާސެނަލް މޮޅުވީ 4-1 އިން ގަލަތަސަރާއީ ބަލިކޮށްގެންނެވެ. ޕޮއިންޓް ޓޭބަލަށް ބަލާއިރު ޑޯޓްމަންޑް އަދި އާސެނަލްއަށްވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. އެންޑަލެކްޓަށް 6 ޕޮއިންޓް ލިބިފައި އޮތްއިރު ގަލަތަސަރާއީއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

 ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތައް މިރޭ ކުރިޔަށްދާއިރު މިރޭގެ މެޗުތައްވެސް ފަށާނީ 0045 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355