twitterviber whatsapp telegramfacebookyoutube instagram
3rd May 2025
ADVERTISEMENT

ހަނިމާދޫ އާދަމް ސަލީމް ކަޕްގެ ޗެމްޕިއަންކަން ރިއަލް ސްޓާސްއިން ހޯދައިފި

Dec 13, 2014

ހަނިމާދޫ އާދަމް ސަލީމް ކަޕް 2014 ގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ރިއަލް ސްޓާސް އިން ހޯދައިފި އެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މިބާރާތުގައި މި އަހަރު ޖުމްލަ 7 ޓީމެއް ވާދަކޮށްފައިވެ އެވެ.

އިއްޔެ ކުޅުނު ފައިނަލުގައި ބައްދަލުކުރީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ޔޫތު ފުރެންޑްސް އަދި ރިއަލް ސްޓާސް އެވެ. މި މެޗު 2-1 އިން ރިއަލް ސްޓާސް ކާމިޔާބުކުރިއިރު ރިއަލް ސްޓާސް ގެ ދެ ލަނޑުވެސް ޖަހައިދިނީ އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ރިއަލް ސްޓާސްގެ ޖާޒީ ނަންބަރު 5 ނައުޝާދު އެވެ.

ފަހު ހާފު ޔޫތު ފުރެންޑްސް އިން ލަނޑެއް ޖެހި ނަމަވެސް އިތުރު ލަނޑެއް ކާމިޔާބުކުރުމުގައި ވަނީ ނާކާމިޔާބުވެފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހދ އަތޮޅު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އަދި މި މުބާރާތުގައި 6 ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ފޯވާޑުގެ މަޤާމު ހޯދި ނޫރުﷲ ތޯހާ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ރޫހް ޓީމުގެ މުހައްމަދު ޔޫސުފް (ސޯމާ) އެވެ. އެންމެ  އެންމެ މޮޅު ޑިފެންޑަރަކަށް ރިއަލް ސްޓާސްގެ އިބްރާހިމް ހަސަން (ލިމަޗޫ) ހޮވުނު އިރު އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވިފައިވަނީ ޔޫތު ފުރެންޑްސްގެ މުހައްމަދު ސިޔާޒެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޔުނީފޯމެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com