twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ފުޓްސަލް މުބާރާތެއް ބާއްވަނީ

Feb 17, 2015

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި އަންހެނުންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާއި،އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތް އިންތިޒާމްކޮށްފައިވަނީ ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓި ފޯރ ކުޅުދުއްފުށީ ޔޫތް އިންނެވެ. އެ ޖަމިއްޔާގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތް އަންނަ މާރޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މިހާރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކުޅުދުއްފުށީ ސޭމް ސްޕޯޓް ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އުއްމީދަކީ ވީހާވެސް ގިނަ ޓީމްތަކުން މި މުބާރާތުގައި ބައިވެރިވުން ކަމަށެވެ.

ވުމަން އޮޓޯ ޕާރޓްސް ޕްލަސް ފުޓްސަލް ޓޯނަމެންޓްގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 5000 ރުފިޔާގެ ފައިސާ އިނާމާއި ރަން މެޑަލް ދިނުމަށް ހަމަޖެހިވާއިރު ރަނަރަޕް ޓީމަކަށް 3000 ރުފިޔާ އާއި ރިހި މެޑަލް ދިނުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން ކޮންމެ މެޗެއްގައި ކްއީން އޮފް ދަ މެޗް ހޮވާ ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާ ޓްރޮފީ ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ޓޮޕް ސްކޯރާ ވެސް ހޮވާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީ އަންހެނުންނަށް ހުޅުވާލައިގެން ކުރިއަށް ދެންދިއުމަށް ހަމަޖެހިފައިވާ މި ފުޓްސަލް މުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގައި ފުޓްބޯޅަ ދިރުވާ އަންހެނުން ކުޅިވަރަށް ލޯބި ޖެއްސުން ކަމަށް ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355